Advertisement
ކ. މާލެ
|
16 މެއި 2023 | އަންގާރަ 12:55
މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު
މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ނަޝީދާއި ގާސިމްގެ މަޝްވަރާތައް ފެއިލްވީ ބަރުލަމާނީ ނިޒާމުގެ ސަބަބުން: ސަރަނގު އާދަމް މަނިކު
ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫން
"ފިޔަ ކޮށާލާފައި އިންނަ ވެރިއެއްގެ ގޮތުގައި" އިންނަވަން ގާސިމް ބޭނުންފުޅު ނުވޭ
ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ޤައުމަށް ހަލަބޮލިކަން އަންނާނެ ކަމެއް

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކުގައި ކުރިއަށް ވަޑައިގަންނަވަން ދެކެވުނު ވާހަކަތައް ފެއިލްވެފައިވާ ކަމަށާއި، އެހެން ދިމާވީ ބަރުލަމާނީ ނިޒާމުގެ ސަބަބުންކަމަށް މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކުގައި ކުރިއަށް ވަޑައިގަންނަވަން ދެކެވުނު ވާހަކަތައް ފެއިލްވީ ބަރުލަމާނީ ނިޒާމުގެ ސަބަބުން ކަމަށެވެ.

Advertisement

ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އޭގެ ތެރެއަށް އިތުރު ކަންކަން އައުމުން އަނެއްކާވެސް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ.

ނަޝީދާއި ގާސިމާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ލިޔުމެއްގެ ސިފައިގައި ކަންތައްތަކެއް ހުށައެޅިގެން ދިޔަ ކަމަށާއި، ނަމަވެސް "ފިޔަ ކޮށާލާފައި އިންނަ ވެރިއެއްގެ ގޮތުގައި" އިންނަވަން ގާސިމް ބޭނުންފުޅު ނުވީކަމަށް އޭނާ ވިދާޅުވިއެވެ.

ހުށައެޅުނު ލިއުމެއްގެ ސިފައިގައި ޓަރމްސްތަކެއް، މީގަ މި ވާގޮތަކީ ގާސިމަކީވެސް ވަރަށް ސެލްފް މޭޑް ކާމިޔާބު ބޭފުޅެއް، އެކަހަލަ އެއްޗެއް ހުށައެޅީމާ ގާސިމްއާ ގާސިމްގެ އަރިހުގައި ތިއްބެވި ބޭފުޅުންނާ ވިސްނާނެ ދެއްތޯ ކިހިނެއްތޯ މިވަނީ، ގާސިމްގެ ސިޗުއޭޝަން ވަރަށް ސިމްޕަލްކޮށް ދަންނަވަންޏާ ތިމަންނަ ބޭނުމެއް ނޫނޭ ފިޔަ ކޮށާލާފައި އިންނަ ވެރިއަކަށް އިންނާކަށް، މީ ނޫންތޯ ރިއަލިޓީއަކީ
ސަރަނގު އާދަމް މަނިކު

ރާއްޖެ މިހާރު އޮތް ޙާލަތަށް ބަލާއިރު، ބަރުލަމާނީ ނިޒާމެއް ގެނައުމަކީ ޤައުމަށް ހަލަބޮލިކަން އަންނާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބޭރުގެ ބައެއް ޤައުމުތަކުގައި ކަން ހިނގާ ގޮތުންވެސް ފެންނަން އޮތީ އެ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ވުރެ ބޮޑު ނިކަމެތި ކަމެއް ރައްޔިތުންނަކަށް ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާކަން ފާހަގަކުރައްވާ ގާސިމް ވަނީ އެއީ ރައްޔިތުންގެ ހައްގުގައި އަމަލުކުރާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށް ވިދަޅުވެފައެވެ. އެގޮތުން ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ޒިންމާދާރު ކުރުވުމުގެ ފުރުސަތު ބޮޑުތަނުން ހަނިވެގެން ދާނެ ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށްފި ނަމަ ދުވާލަކު އެއްފަހަރު ވެރިކަން ބަދަލުކުރާނެ ކަމަށް ވެސް އެނާ ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް