ކ. މާލެ
|
12 މެއި 2023 | ހުކުރު 18:38
ގެއްލިގެން ހޯދަމުންދާ މީހާ ހަސަން ޖަމީލް
ގެއްލިގެން ހޯދަމުންދާ މީހާ ހަސަން ޖަމީލް
މޯލްޑިވްސް ޕޮލިސް ސާރވިސް
މީހަކު ގެއްލިގެން ހޯދުން
ފުވައްމަލުކު މީހެއް ގެއްލިގެން ހޯދަނީ
 
އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހު

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މީހަކު ގެއްލިގެން ހޯދަން، ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ އުމުރުން 30 އަހަރުގެ ހަސަން ޖަމީލްގެ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި މިހާތަނަށް އޭނާގެ ޚަބަރެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނިގޮތުގައި އޭނާ އެންމެ ފަހުން އާއިލާއަށް ޚަބަރެއް ވެފައިވަނީ މެއި 7 ވަނަ ދުވަހުއެވެ. އެއިރު އޭނާ މާލޭގައި ހުރިކަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.

ހަސަން ޖަމީލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ 9792803 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
67%
33%
0%
0%
0%
0%
ކޮމެންޓް