ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 18:02
ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް
ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް
މިނިސްޓްރީ އޮފް ޑިފެންސް
ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް
"ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް"ގެ ނަމުގައި ވީއައިއޭގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް
އެ ޕްރޮގްރާމްގައި ޖުމްލަ 20 ބައިވެރިން ވަނީ ބައިވެރިވެފައި
05 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ

"ކޮމްބައިންޑް ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް"ގެ ނަމުގައި ވީއައިއޭގައި ޚާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަންއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ރީޖަނަލް އޮފީސް ކަމުގައިވާ ކޯރޕަރޭޓް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމް – އޭޝިޔާ ޕެސިފިކް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ބުރާސްފަތި ދުވަހު ނިންމާލި މި ތަމްރީން ޕްރޮގްރާމަކީ ޑާސާގެ އިސްނެގުމާއެކު ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ މައި ޖަމިއްޔާ ކަމުގައިވާ އައިކާއޯގެ އޭޝިޔާ ޕެސިފިކް ރީޖަނަލް އޮފީހާ ގުޅިގެން ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ.

އެގޮތުން 05 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ޖުމްލަ 20 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމްގައި ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރުގެ އިތުރުން ދިވެހިރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. މީގެ އިތުރުން މިޕްރޮގްރާމްގައި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓް ކުރާ ހުރިހާ ކުންފުނި ތަކަކުން ބައިވެރިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިފަދަ ޕްރޮގްރާމްތަކުގެ އަލީގައި މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހާ ކަންކަން ސަލާމަތްތެރިކަމާއެކު ހިންގުމަށްޓަކައި ކަނޑައެޅޭ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރުކުރެވޭނެ ކަމަށް، ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ދިވެހިރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކަކީ، އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފުރިހަމަ މިންގަނޑުތަކެއް ހިފަހައްޓައި، އަދި ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ވައިގެ ބަނދަރުތަކަކަށް ވެގެން ދާނެ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މިޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބައިވެރިން ތަމްސީލްކުރާ ގައިމުތަކުގައި އެވިއޭޝަން ސެކިއުރިޓީ މިންގަނޑުތައް ފުރިހަމަވޭތޯ ބެލުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތްތަކާއި، އެ ގައުމުތަކުގެ ތަޖުރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ދަސްވެގެންދާނެ ގޮތަށެވެ.

- ކޮމެންޓް