ކ. މާލެ
|
4 މެއި 2023 | ބުރާސްފަތި 17:08
ޕީއެސްޖީގެ ހެޑްކުއާޓަރ
ޕީއެސްޖީގެ ހެޑްކުއާޓަރ
ޓްވިޓަރ
ޕީއެސްޖީ
ޕީއެސްޖީގެ ޓްރެއިނިންގ ގްރައުންޑާއި ކުޅުންތެރިންގެ ގޭގޭގެ ސެކިއުރިޓީ ވަރުގަދަކޮށްފި
 
މިކަމާ ގުޅިގެން ޕީއެސްޖީގެ ރައީސް ވަރަށް އަވަހަށް ވާހަކަދައްކާނެ

ފްރާންްސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ޓްރެއިނިން ގްރައުންޑާއި ކުޅުންތެރިން ދިރި އުޅެމުން އަންނަ ގޭގޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މި ފިޔަވަޅުތައް އަޅާފައިވަނީ ބުދަ ދުވަހު ކުލަބުގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުތަކާ ގުޅިގެންނެވެ. ސަޕޯޓަރުން ވަނީ ކުލަބުގެ ހެޑްކުއާޓަރާއި ނޭމާ ޖޫނިއާގެ ގޭދޮށަށްވެސް އެއްވެފައެވެ. އެކަމާ ގުޅިގެން ޕީއެސްޖީން ވަނީ އެ ސަރަހައްދުގެ ފުލުހުން މެދުވެރިކޮށް، ނޭމާއާއި އެހެން ކުޅުންތެރިން ދިރިއުޅޭ ގޭގޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ކުލަބުގެ ރަސްމީ ޓްރެއިނިންގ ގްރައުންޑުގައިވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ޕީއެސްޖީން އަންނަނީ އެ ކުލަބުގެ ސަޕޯޓަރުން ހިންގި އަމަލު ވަރަށް ސީރިއަސް ކަމާއެކު ބަލަމުން ކަމަށްވެސް ފްރާންސްގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގަައި ކުލަބުގެ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އެ ކުލަބުން ކުރާނެ ކަމަށްވެސް މީޑިއާތަކުގައި ވަނީ ބުނެފައެވެ. އަނެއްކޮޅުން، ސަޕޯޓަރުންނަކީ ކުލަބުގެ ކުޅުންތެރިންނަށް ބިރަަކަށް ވެގެން ނުވާނެކަމަށާއި، ކުޅުންތެރިން ކުލަބަށް ގެއްލުމެއް ދޭނެ ކަމެއް ނުކުރާނެކަން ސަޕޯޓަރުންނަށް އެނގެންވާނެކަމަށް، ޕީއެސްޖީގެ އިސްވެރިންނާ ހަވާލާދީ މީޑިއާތަކުގަައި ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޕީއެސްޖީގެ ރައީސް ނާސިރު އަލްހެއްލާފީ ވަރަށް އަވަހަށް ވާހަކަދައްކާނެކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް