ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 16:15
ރައީސް ސާލިހު
ރައީސް ސާލިހު
ރާއްޖެއެމްވީ
އެމްޑީޕީގެ މެނިފެސްޓޯ
މެނިފެސްޓޯ އެކުލަވާލުމަށް އެމްޑީޕީގެ ޓީމުތައް އަތޮޅުތެރެއަށް
އިންތިޚާބަށްފަހު ރައީސް ސާލިހަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް އަރުވާފައި
އިބްރާހީމް މުހައްމަދު ސާލިހު ޕްރައިމަރީ ކާމިޔާބުކުރެއްވީ %61 ނުވަތަ 24،566 ވޯޓުން

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވައިލާނީ ރައްޔިތުންގެ ކައިރިއަށް ގޮސްގެން ކަމަށާއި، އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލަން އަތޮޅުތެރެއަށް ޓީމްތައް ދިއުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެފިއެެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން، އިބްރާހީމް ވަހީދު ވިދާޅުވީ ކުރިއަށް އޮތް މޭއި މަހުގެ 11އިން ފެށިގެން އެމްޑީޕީގެ ޓީމްތައް އަތޮޅު ތެރެއަށް ފުރާނެ ކަމަށެވެ. އެ ޓީމްތަކުން މެނިފެސްޓޯ އެކުލަވާލުމަށްޓަކައި އެއްކުރަންޖެހޭ މައުލޫމާތު އެއްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަިދ ރިޔާސީ ކެޕްމެއިނަށް ވާންޖެހޭ އެހެނިހެން ތައްޔާރީތައްވެސް ވަމުންދާކަމަށް ވިދާޅުވިއެވެ. މި ޓީމްތަކުން ގޭގެއަށް ޒިޔާރަތްކުރުމުގެ އިތުރުން، ވަކިވަކި ބައްދަލުވުންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދާއިމީ ނަތީޖާ ދައްކާގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޕްރައިމަރީ ކާމިޔާބުކުރެއްވީ 61 އިންސައްތަ ނުވަތަ 24،566 ވޯޓުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 38 އިންސައްތަ ނުވަތަ 15،641 ވޯޓެވެ. 57،255 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވާއިރު، މި އިންތިޚާބުގައި ޖުމްލަ ވޯޓުލާފައިވަނީ 40،887 މީހުންނެވެ. އިންތިޚާބަށްފަހު ރައީސް ސާލިހަށް ވަނީ ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓްވެސް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް