ކ. މާލެ
|
27 އޭޕްރިލް 2023 | ބުރާސްފަތި 10:42
ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ބާސެލޯނާ އަދި ވަޔެކާނޯ ކުޅުނު މެޗުގެ ތެރެއިން
ޓްވިޓަރ
ސްޕެނިޝް ލީގު
ވަޔެކާނޯ އަތުން ބަލިވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
 
ވަޔެކާނޯގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިން

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެއް ވަނައިގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.

ވަޔެކާނޯގެ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ވަޔެކާނޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަލްވާރޯ ގާސިއާ އެވެ. އޭނާ އެ ލަނޑު ޖެހީ ސާޖިއޯ ކަމެލޯ ތިން ފުރުސަތެއްގައި ތިރި ތިރިން ބޯޅަ ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެންނެވެ. މެޗުގައި ބާސެލޯނާ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފަ އެވެ. ނަމަވެސް ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފެ އެވެ. ވަޔެކާނޯގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ފްރާން ގާސިއާ އެވެ. ބާސެލޯނާގެ ހަމައެކަނި ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީ އެވެ.

ބައްޔާއެކު، އެއް ވަނައިގައޮ 14 ޕޮއިންޓުގެ ލީޑު ނެގުމަށް ލިބުނު ފުރުސަތު ބާސެލޯނާ އަށް ގެއްލުނީ އެވެ. ކުޅުނު 31 މެޗުން އެ ޓީމު އެއް ވަނައިގައި އޮތީ 76 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 65 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް