ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 20:18
ސްޓެލްކޯއިން އެކުލަވާލާފައިވާ ޚާއްސަ ޓީމް
ސްޓެލްކޯއިން އެކުލަވާލާފައިވާ ޚާއްސަ ޓީމް
ސްޓެލްކޯ
ކަރަންޓުގެ ޚިދުމަތް
ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލައިފި
މިއީ އެމްޑީ ޝަރީފުގެ ބެއްލެވުމުގެދަށުން ހިންގާ ޓީމެއް
ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ

މި ދުވަސްވަރު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްސަ ޓީމެއް އެކުލަވާލައިފިއެވެ.

މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ލޯޑު ވަނީ ވަރަށް ބޮޑުވެފައެވެ.

ސްޓެލްކޯއިން ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ހަރުދަނާ ކުރުމަށްޓަކައި ޚާއްސަ ޓީމެއް އެކުލަވާލައި ޓީމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ.

މިއީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން އެކުލަވާލާފައިވާ ޚާއްސަ ޓީމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ހޫނު ގަދަވުމުގެ ސަބަބުން ހޯމަ ދުވަހު ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައެވެ. މިއީ ޓްރާންސްފޯމަރުގައި ހުރި ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރުމުން ދިމާވި ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި، މި ދުވަސްވަރު ކޮންމެހެން ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް