ކ. މާލެ
|
25 އޭޕްރިލް 2023 | އަންގާރަ 07:22
ޗެލްސީން ކުޅުނު މެޗެއްގައި ރީސް ޖޭމްސް
ޗެލްސީން ކުޅުނު މެޗެއްގައި ރީސް ޖޭމްސް
ރޮއިޓާރސް
ބާސެލޯނާ
ރީސް ޖޭމްސް ހޯދުމުގެ ރޭހަށް ބާސެލޯނާ ނުވަންނާނެ
 
ޖޭމްސް ވަނީ ޗެލްސީއާއެކު ހަ އަހަރު ދުވަހުގެ އެއްބަަސްވުމެއްގައި ސޮއި ކޮށްފައި

ޗެލްސީ އަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޑިފެންޑަރު ރީސް ޖޭމްސް ހޯދުމުގެ ރޭހަށް ސްޕެއިންގެ ބާސެލޯނާ އިން ނުވަންނާނެ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މީޑިއާތަކުގައި މީގެ ކުރިން ބުނެފައިވާ ގޮތުގައި އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ ހޯދުމުގެ ޝައުޤުވެރިކަން ބާާސެލޯނާ އިން ގެންގުޅުނެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ބާސެލޯނާ އިން ކުރި ކަމަށާއި، އެކަމުގެ މަޝްވަރާތައް އެކުލަބުގެ އެތެރޭގައި ވެސް ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިހާރު މީޑިއާތަކުގައި ބުނެފައިވާ ގޮތުން ޖޭމްސް ހޯދުމުގެ ރޭހަކަށް ބާސެލޯނާ ނުވަންނާނެ އެވެ. ސަބަބަކީ ޗެލްސީއާއެކު ޖޭމްސް ހަދާފައިވާ އެއްބަސްވުން އޭނާ އައުކޮށްފައިވުމާއި، މިވަގުތު އޭނާ ނުގެންދެވޭނެތީ އެވެ. މިދިޔަ އަހަރުގެ ސްޕެޓެމްބަރު މަހު ޖޭމްސް ވަނީ ޗެލްސީއާއެކު ދިގު މުއްދަތެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ޗެލްސީއާއެކު އޭނާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޗެލްސީގައި ޖޭމްސް އަކީ އެ ޓީމަށް މުހިންމު ކުޅުންތެރިޔެކެވެ.

ޖޭމްސް އޭނާގެ ސީނިއާ ކެރިއަރު 2018 ވަނަ އަހަރު ފެށީ ވެސް ޗެލްސީންނެވެ. މިހާތަނަށް އޭނާ ވަނީ ޗެލްސީ އަށް ކުޅެދިން 147 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. އެ ޓީމާއެކު އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އެފްއޭ ކަޕްގެ ފައިނަލްގައި ތިން އަހަރު ކުޅުނުއިރު، ކަރަބޯ ކަޕްގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ. ޖޭމްސް އަަންނަނީ 2020 ވަނަ އަހަރުން ފެށިގެން އިންގްލެންޑުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 15 މެޗު ކުޅެދީފަ އެވެ. އިންގްލެންޑުން 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅުނުއިރު އޭނާ އެ ޓީމުގައި ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް