ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 13:09
އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން އެޕާޓީގެ ޕީޖީ ގްރޫޕުން ނިންމުން
އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން އެޕާޓީގެ ޕީޖީ ގްރޫޕުން ނިންމުން
ރާއްޖެއެމްވީ
އެމްޑީޕީ ޕީޖީ ގްރޫޕުގެ ނިންމުންތައް
ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން ޕީޖީ ގްރޫޕުން ނިންމައިފި
 
އެމްޑީޕީ ޕީޖީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހު
 
އެ ފިޔަވަޅު އެޅީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ޤަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީ
 
މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށްވެސް ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާތީ އެމްޑީޕީއަށް ނިސްބަވްތާ 4 މުޤައްރިރަކު ބަދަލުކުރަން އެ ޕާޓީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ބުދަ ދުވަހު އެގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ކަނޑައެޅިގެން ދެކޮޅަށް މަސައްކަތް ކުރާތީއާއި، އެމްޑީޕީ ޕީޖީ ގްރޫޕުގެ ޤަވާއިދުތަކާ ތަކުރާރުކޮށް ޚިލާފުވެފައިވާތީއެވެ.

އެގޮތުން ބަދަލުކުރަން ނިންމާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

އޭގެ އިތުރުން، އެ މެންބަރުންނާމެދު ފިޔަވަޅު އެޅުމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމަށްވެސް ޕީޖީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަކީ އާންމު ކޮމިޓީގެ މުޤައްރިރެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއް ލަތީފްއަކީ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުޤައްރިރެވެ. އޭގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަކީ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރެވެ. ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްއަކީ ސްޓޭޓް އޯވންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ މުޤައްރިރެވެ.

ޕާލިމަންޓަރީ ގްރޫޕުން ފާސްކޮށްފައިވާ ތްރީލައިން ވިޕަކާއި ޚިލާފުވެއްޖެނަމަ 4 މަރުޙަލާއަކަށް ބަހާލައިގެން ފިޔަވަޅު އެޅޭނެކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ހިންގާ ޤަވާއިދުގައިވެއެވެ.

ފުރަތަމަ ފަހަރު ޚިލާފު ވެއްޖެނަމަ އަނގަބަހުން ނަސޭޙަތް ދޭނެއެވެ. ދެވަނަ ފަހަރު ޚިލާފު ވެއްޖެނަމަ ލިޔުމުން ނަސޭޙަތް ދިނުން ހިމެނޭއިރު، ތިންވަނަ ފަހަރު ޚިލާފު ވެއްޖެނަމަ ފިޔަވަޅު އެޅުމުގައި އަމަލުކުރެވޭނީ ތްރީލައިން ވިޕާ ޚިލާފުވުމުން އަމަލުކުރާ ޢުސޫލުންނެވެ.

އެ އުސޫލަށް ބަލާއިރު، ދެވަނަ ފަހަރު ޚިލާފު ވެއްޖެނަމަ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ނުވަތަ ޕާޓީގެ އެހެންވެސް މަޤާމެއްގައި ހުރިނަމަ އެ މަޤާމަކުން ވަކިކުރުމާއި، އަދި ޕާޓީގެ ސްލޮޓްއެއްގައި މަޖިލީހުގެ ކޮމިޓީއެއްގައި ހުރެ މުޤައްރިރު ނުވަތަ މުޤަރިރުގެ ނައިބު ކަމުގައި އެމީހަކު އެކޮމިޓީއަކުން ވަކިކުރަން ޕާލިމަންޓަރީ ގްރޫޕަށް ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
4%
9%
4%
22%
17%
43%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު