ކ. މާލެ
|
13 އޭޕްރިލް 2023 | ބުރާސްފަތި 09:09
އެމްއެސް މޭޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އެމްއެސް މޭޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ
އެފްއޭއެމް ވެޓަރެންސް ލީގު
ބޮޑު މޮޅަކާއެކު އެމްއެސް މޭޓްސް އަށް ގްރޫޕްގެ އެއްވަނަ
މިގްރޫޕްގެ ކްއާޓާގެ ފަހު ޖާގައަށް ވާދަކުރަނީ ހުރައާއި ގްރީން

ޕޮލިސް ކްލަބް އަތުން ހޯދި ބޮޑު މޮޅާއެކު އެފްއޭއެމް ވެޓަރެންސް ލީގު ގްރޫޕް ސީގެ އެއްވަނަ އެމްއެން މޭޓްސްއިން ހޯދައިފިއެވެ.

އެމްއެސް މޭޓްސްއިން ގްރޫޕްގެ އެއްވަނަ ޔަޤީންކުރީ, ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 7-0 ން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި އެމްއެސް މޭޓްސްއިން ޖެހި ހަތް ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ޖެހީ ކެޕްޓަން އަސްއަދު އަބުދުލްޣަނީ އެވެ. ތިންވަނަ ލަނޑާއި, ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއީލް އަނިލެއްވެ. ފަސްވަނަ ލަނޑު ޖެހީ އާދަމް ލަރީފް (ރޮނާ) އެވެ. ހަވަނަ ލަނޑު ޖެހީ އަހުމަދު އަސްހާމްއެވެ. ފަހު ލަނޑު ޖެހީ ކުރީގެ އެއްވަނަ ކީޕަރު އިމްރާން މުޙައްމަދެވެ.

މިމޮޅާއެކު އެމްއެސް މޭޓްސްއިން ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައެވެ. ޕޮލިސް ކްލަބަށް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ޕޮލިހަށްވެސް ވަނީ ކްއާޓާ ފައިނަލް ޔަޤީންވެފައެވެ. މިގްރޫޕްގެ ފަހު މެޗުގައި ވާދަކުރާ ހުއްރިއްޔާއަށް ދެ ޕޮއިންޓް އަދި ގްރީންއަށް ޕޮއިންޓެއް ނުލިބެއެވެ. ގްރީންއަށް ފުރުޞަތު އޮތީ ހުއްރިއްޔާ ވެޓަރެންސް ބަލިކޮށްގެންނެވެ. މެޗު އެއްވަރުވިޔަސް ކްއާޓާގެ ފުރުޞަތު ލިބޭނީ ހުއްރިއްޔާ ވެޓަރެންސް އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް