ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 06:03
މުބާރާތުގައި ހުއްރިއްޔާ ކުޅުނު މެޗެއްގެ ތެރެއިން
މުބާރާތުގައި ހުއްރިއްޔާ ކުޅުނު މެޗެއްގެ ތެރެއިން
އެފްއޭއެމް ވެޓަރެންސް ލީގު
ގްރީން ކަޓައި، ހުރާ ކްއާޓާ ފައިނަލަށް
ކްއާޓާ ފައިނަލް މެޗުތައް ހޮނިހިރު އަދި އާދިއްތަ ދުވަހު

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 4-1 ން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް, އެފްއޭއެމް ވެޓަރެންސް ލީގުގެ ކްއާޓާ ފައިނަލްގެ ފަހު ޖާގަ ހުއްރިއްޔާ ވެޓަރެންސް އިން ހޯދައިފިއެވެ.

މިނަތީޖާއާއެކު ޕޮއިންޓެއްވެސް ނުލިބި މިގްރޫޕުން ކެޓީ ގްރީންއެވެ. ހުރާ ކްއާޓާ ފައިނަލަށް ދަތުރުކުރީ ތިން މެޗުން ފަސް ޕޮއިންޓާއެކު ދެވަނަ ޓީމްގެ ގޮތުގައެވެ. އެއްވަނަ ޓީމްގެ ގޮތުގައި މިގްރޫޕުން ކްއާޓާ ފައިނަލްގެ ޖާގަ ހޯދީ ހަތް ޕޮއިންޓާއެކު އެމްއެސް މޭޓްސްއެވެ. މިގްރޫޕުން ތިންވަނަ ޓީމަކީ ޕޮލިސް ކްލަބެވެ. ޕޮލިހުން ހަތަރު ޕޮއިންޓް ހޯދިއެވެ.

ގްރީން އަތުން ހުއްރިއްޔާ މޮޅުވީ ފުރަތަމަ ހާފްގައި ގްރީންއިން ކުރިހޯދާފައި ވަނިކޮށް, ދެވަނަ ހާފްގައި ހަތަރު ލަނޑު ޖަހައިގެންނެވެ. ފުރަތަމަ ހާފްގައި ގްރީންއަށް ކުރިހޯދައިދިނީ ހަމްޒާ ހުސައިންއެވެ. ހުއްރިއްޔާއަށް ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްދިނީ ހުސެއިން ނަސީރުއެވެ. ކުރިހޯދައިދިނީ އަހުމަދު ސަމާއުއެވެ. ލީޑް ފުޅާކޮށްދިނީ އިސްމާއީލް ޔާފިސްއެވެ. ހުއްރިއްޔާގެ ފަހު ލަނޑު ފަހު ސިކުންތުގައި ޖެހީ އަލީ ނަޒްމީންއެވެ.

ކްއާޓާ ފައިނަލްގައި ހުއްރިއްޔާ ވާދަކުރަން ޖެހޭނީ ދިވެހި ސިފައިންގެ ކްލަބާއެވެ. ދަ ގްރާންޑޭ ވާދަކުރާނީ ނިއުރޭޑިއަންޓާއެވެ. އެމްއެސް މޭޓްސް ވާދަކުރާނީ ބުރު ސްޕޯރޓްސް ކްލަބާއެވެ. އަދި ހުޅުމާލެ ވެޓަރެންސް ވާދަކުރާނީ ޕޮލިސް ކްލަބާއެވެ. ކްއާޓާ ފައިނަލް މެޗުތައް ކުޅޭނީ ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް