ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 23:35
މެޗުގެ މޮޅު ކުޅުންތެރިއަކީ އިސްމާއީލް މުޙައްމަދު
މެޗުގެ މޮޅު ކުޅުންތެރިއަކީ އިސްމާއީލް މުޙައްމަދު
އެފްއޭއެމް ވެޓަރެންސް ލީގު
ނިއުރޭޑިއަންޓް އަތުން ފަސޭހަ މޮޅެއް ހޯދައިގެން ހުޅުމާލެ ވެޓަރެންސް ކްއާޓާއަށް
ނިއުއަށް ފުރުޞަތު އޮތީ ސްޓެލްކޯ އަތުން ސިފައިން މޮޅުވެގެން

އެފްއޭއެމް ވެޓަރެންސް ލީގުގައި ނިއުރޭޑިއަންޓް އަތުން ފަސޭހަ މޮޅެއް ހޯދައިގެން, ހުޅުމާލެ ވެޓަރެންސް ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ބީގެ މިދެޓީން ވާދަކުރި މެޗު ހުޅުމާލެ ވެޓަރެންސްއިން ކާމިޔާބުކުރީ 4-1 ނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ހުޅުމާލެ ވެޓަރެންސްއަށް ކުރިހޯދައިދިނީ މުހައްމަދު އަޝްރަފްއެވެ. ނިއުރޭޑިއަންޓްގެ މުޙައްމަދު ޒިޔާދު ލަނޑެއް ޖަހާ ނިއުއަށް ނަތީޖާ ހަމަހަމަކޮށްދީފައި ވަނިކޮށް, ހުޅުމާލެ ވެޓަރެންސްއިން ދެވަނަ ފަހަރަށް ކުރިހޯދީ ހުސެއިން ޝިމާޒު (ކޮކީ) ޖެހި ލަނޑުންނެވެ. ތިންވަނަ ކަނޑު ޖެހީ އަހުމަދު ގިތުރީސްއެވެ. ފަހު ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ އިސްމާއީލް މުޙައްމަދެވެ.

ހުޅުމާލެ ވެޓަރެންސް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާއަށް ދަތުރުކުރީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ނިއުރޭޑިއަންޓަށް ތިން މެޗުން ލިބެނީ ދެ ޕޮއިންޓެވެ. އެހެންކަމުން ކްއާޓާގެ ފުރުޞަތު ލިބޭނީ ސިފައިންނާއި ސްޓެލްކޯ މެޗުގެ ނަތީޖާއަށް ބަލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް