ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 07:16
ނިއުރޭޑިއަންޓާއި ސިފައިން ވާދަކުރި މެޗުގެ ތެރެއިން
ނިއުރޭޑިއަންޓާއި ސިފައިން ވާދަކުރި މެޗުގެ ތެރެއިން
އެފްއޭއެމް ވެޓަރެންސް ލީގު
ނިއުރޭޑިއަންޓާއި ސިފައިން ކުޅުނު ދެވަނަ މެޗުވެސް އެއްވަރު
މިގްރޫޕްގެ އެއްވަނާގައި އޮތީ ހުޅުމާލެ ވެޓަރެންސް

އެފްއޭއެމް ވެޓަރެންސް ލީގުގައި ނިއުރޭޑިއަންޓާއި ދިވެހި ސިފައިންގެ ކްލަބް ވާދަކުރި މެޗުވެސް އެއްވަރުވެއްޖެއެވެ.

ފުރަތަމަ މެޗު އެއްވަރުވެފައިވާ ދެޓީމް ވާދަކުރި މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މިގްރޫޕްގައި ނިއުރޭޑިއަންޓް ވަނީ ފުރަތަމަ މެޗުގައި ސްޓެލްކޯއާ އެއްވަރުވެފައެވެ. ދިވެހި ސިފައިންގެ ކްލަބް ފުރަތަމަ މެޗުގައި އެއްވަރުވީ ހުޅުމާލެ ވެޓަރެންސްއާ ވާދަކޮށެވެ. އެކަމަކު ދެވަނަ މެޗު ކާމިޔާބުކޮށް ޖުމްލަ ހަތަރު ޕޮއިންޓާއެކު އެއްވަނާގައި އޮތީ ހުޅުމާލެ ވެޓަރެންސްއެވެ. ސިފައިންނާއި ނިއުރޭޑިއަންޓަށްވެސް ދެ މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. ޕޮއިންޓަކާއެކު މިގްރޫޕްގެ ފުލުގައި އޮތީ ސްޓެލްކޯއެވެ.

ސިފައިންނާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކީ ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ޝާމިންއެވެ. މުބާރާތުގައި އާދިއްތަ ދުވަހު ހަވީރު ވާދަކުރާނީ ހުއްރިއްޔާ ވެޓަރެންސްއާއި ޕޮލިސް ކްލަބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް