Advertisement
ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 13:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ޕީޖީ ގްރޫޕް
ފިކުރެއްގެ ދިރުމުގެ މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަނީ
އެ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދުގެ 130 ވަނަ މާއްދާގެ (ރ)ގެ 2ގައި ވާގޮތުގެ މަތިން
އެ ހުށަހެޅުން ހުށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީ
މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައިވޭ

ފިކުރެއްގެ ދިރުމުގެ ނަމުގައި މަސައްކަތް ކުރާ އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި މެންބަރުން ކޮމިޓީތަކުން ވަކިކުރުމުގެ ކުރިން މެންބަރުންނާއި ވަކިވަކިން ބައްދަލުކުރަން ނިންމައިފިއެވެ.

ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ޕާލިމަންޓްރީ ގްރޫޕެއް އުފައްދައިގެން މަސައްކަތް ކުރާ މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ސްލޮޓްތަކުގައި ތިބި ފަރާތްތައް ވަކިކޮށް، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ށަހެޅުއްވީ ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

އަންގާރަ ދުވަހު އެ ހުށަހެޅުމަށް ޕީޖީ ގްރޫޕްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެމްޑީޕީގެ ޕީޖީން ފާސްކޮށްފައި ވަނީ ފިޔަވަޅު އެޅުމުގެ ކުރިން ވަކިވަކި މެންބަރުންނަށް ޕީޖީ ލީޑަރޝިޕްގެ ފަރާތުން ބައްދަލުކޮށް އެ މެންބަރުން ނިންމާ ގޮތުގެ ރިޕޯޓެއް ހަފްތާއެއްގެ ތެރޭގައި ޕީޖީ އަށް ހުށަހެޅުމަށެވެ.

Advertisement

21 މާރޗްގައި ތިނަދޫ އުތުރު ދާާއިރާގެ މެންބަރު އަބްދުލް މުޣުނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ސަރުކާރަށް އެއްބާރުލުން ދޭން ވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ގަވާއިދުގައި ބުނި ނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ވަކި މެންބަރުންތަކެއް ޕީޖީ ގްރޫޕުގެ ބައްދަލުވުންތަކަށް ހާޒިރު ނުވުމާއި، ސަރުކާރާއި ދެކޮޅަށް މަޖިލީހަށް ގަރާރުތަކާއި މައްސަލަތައް ހުށަހަޅާ، އެ ބޭފުޅުން ތިއްބަވާ ކޮމިޓީތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަމުންދާކަމަށް އެ ސިޓީގައިވެއެވެ. އަދި އެފަދަ އަމަލުތައް ކުރަމުންދާ ބައެއް މެންބަރުންނަކީ އެމްޑީޕީގެ ސްލޮޓުގައި ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވާ ބޭފުޅުންކަން މުޣުނީގެ އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން އެ ބޭފުޅުން މަޤާމުން ވަކިކުރުމަށް މުޣުނީ ވަނީ ހުށަހަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް