ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 07:36
ސްޓެލްކޯއިން ވަގުތީ ކޭބަލް އެޅުން
ސްޓެލްކޯއިން ވަގުތީ ކޭބަލް އެޅުން
ސްޓެލްކޯ
ކަރަންޓު ކެނޑުން
މައްސަލަ ހައްލުކޮށް އިރާއީ ބުކްޝޮޕް ސަރަހައްދަށް ކަރަންޓު ދީފި
ޑިސްޓްރިބިއުޝަން ކޭބަލަކަށް ވަނީ ގެއްލުންވެފައި
އެ ސަރަހައްދުގައި ވަގުތީ ކޭބަލްއެއް ވަނީ އަޅާފައި

މާލޭ ބުރުޒުމަގުގެ އިރާއީ ބުކްޝޮޕް ހުންނަ ސަރަހައްދުން ކަރަންޓު ކެނޑުމަށް މެދުވެރިވި މައްސަލަ ހައްލުކޮށް އެ ސަރަހައްދަށް ކަރަންޓު ދީފިއެވެ.

އިރާއީ ބުކްޝޮޕް ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ ހޯމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. މިއާއެކު ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމަށް ދިމާވި މައްސަލަ ދެނެގަތުމަށް މަސައްކަތް ފަށާފައެވެ.

މެންދަމު 12:38 ގައި ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ އެ ސަރަހައްދުން ކަރަންޓު ކެނޑިފައިވަނީ، އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެގެން ކަމަށެވެ. އެއާއެކު ސްޓެލްކޯއިން ވަނީ އެ ސަރަހައްދަށް އަލުން ކަރަންޓު ދިނުމަށް ވަގުތީ ކޭބަލެއް އަޅާފައެވެ.

ވަގުތީ ކޭބަލް އެޅުމަށްފަހު އެ ސަރަހައްދަށް އަލުން ކަރަންޓު ދީފައިވަނީ 3 ގަޑިއިރުތެރޭގައެވެ. ސްޓެލްކޯއިން ވަނީ މި ވަގުތުތަކުގައި ރައްޔިތުންނަށް ދިމާވި ތަކުލީފުތަކަށް މައާފަށް އެދިފައެވެ.

- ކޮމެންޓް