ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 07:10
މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ހުސައިނަށް ޓްރޮފީ ދެނީ
މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ހުސައިނަށް ޓްރޮފީ ދެނީ
ވެޓަރެންސް ލީގު
ވެޓަރެންސް ލީގުގެ ފުރަތަމަ މެޗު އީގަލްސްއަށް!
މުބާރާތުގައި 11 ޓީމް ވާދަކުރޭ

އެފްއޭއެމް ވެޓަރެންސް ލީގުގެ ފުރަތަމަ މެޗު ކްލަބް އީގަލްސްއިން ކާމިޔާބުކޮށްފިއެވެ.

އެހެން އަހަރުތަކަށްވުރެ ލަހުން މިއަހަރު ފެށި މުބާރާތުގެ ފުރަތަމަ މެޗު އީގަލްސްއިން ކާމިޔާބުކުރީ ދަ ގްރާންޑޭއާ ވާދަކޮށް 3-1ންނެވެ. މެޗުގައި އީގަލްސްގެ ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑާއި, ފަހު ލަނޑުޖެހީ އަހުމަދު ހުސައިނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. އީގަލްސްގެ ދެވަނަ ލަނޑު ޖެހީ އަހުމަދު ތަހުލީމެވެ. އީގަލްސްއިން ތިން ލަނޑު ޖެހިފަހުން ދަ ގްރާންޑޭގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ޝަރީފެވެ.

މިފަހަރުގެ މުބާރާތުގައި 11 ޓީމް ވާދަކުރެއެވެ. އޭގެތެރޭގައި ނިއުރޭޑިއަންޓާއި ހުއްރިއްޔާ ހިމެނެއެވެ. މާޒިޔާއާއި, ވެލެންސިޔާއާއި ވިކްޓްރީ ވާދައެއް ނުކުރެއެވެ. މުބާރާތުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ވާދަކުރާނީ ހުޅުމާލެ ވެޓަރެންސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ. މިއީ ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ރަމަޟާން މަހު ކުރިއަށްގެންދާ މުބާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް