ކ. މާލެ
|
31 މާރޗް 2023 | ހުކުރު 15:18
ގއ. ކަނޑުހުޅުދޫ
ގއ. ކަނޑުހުޅުދޫ
ކަނޑުހުޅުދޫ ފޭސްބުކް ޕޭޖު
ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެ
ކަނޑުހުޅުދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މަރުވެފައިވަނީ 24 އަހަރުގެ ޒުވާނެއް

ގއ. ކަނޑުހުޅުދޫ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ރަށުގެ 24 އަހަރުގެ ފިރިހެނަކު ހުކުރު ދުވަހުގެ ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ޚަބަރެއް ނުވާކަމަށް 4:45 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އާއިލާ މީހުންނާއެކު އޭނާ ހޯދަމުންދިޔައިރު އޭނާ ފެނުނީ ސައިކަލާއެކު ރަށުގެ ފަޅުތެރޭ މޫދުން ކަމަސް ވެސް ފުލުހުން ބުންޏެވެ.

އޭނާ ފަޅުތެރެއިން ނަގައިގެން އެ ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިތރުވެސް މަރުވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާ ދީ ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް ތޯރިގު އަފީފު "ރާއްޖެއެމްވީ" އަށް ވިދާޅުވީ މަރުވެފައިވަނީ އެ ރަށުގެ ޖާމިން އަބްދުﷲ ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ. ފަތިސް ނަމާދަށް ދިޔައިރުވެސް ރަށު ތެރެއިން އޭނާފެނުނު ކަމަށް ތޯރިގު ވިދާޅުވިއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.

- ކޮމެންޓް