ކ. މާލެ
|
26 މާރޗް 2023 | އާދީއްތަ 12:00
ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ)
ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ)
ޕޮލިސް
ދިވެހި ފުލުހުންގެ ޚިދުމަތް
ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ
މިއީ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއް
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވޭ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

މިއީ ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. އެގޮތުން ފުލުހުން ހޯދަމުންދަނީ ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ) އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވެއެވެ.

Advertisement

އަދި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރީއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާ ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށެވެ.

ފުލުހުން ވަނީ 2023 އޭޕްރީލް 13 ވަނަ ދުވަހުގެ 14:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަށް އޭނާ ހާޒިރުވުމަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް