ކ. މާލެ
|
20 މާރޗް 2023 | ހޯމަ 07:08
މާމިގިލިން އަތުލައިގަތް މަސްތުވާތަކެތި
މާމިގިލިން އަތުލައިގަތް މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި މާމިގިލިން ތިން މީހުން ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެއް

އދ. މާމިގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަހު 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަނުގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހެކެވެ.

އެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓާއި، 8 ސެލޯފިންކޮޅާއި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް