ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 15:52
ފުލުހުންގެ ތަހުގީގަށް ހޯދަމުންދާ މީހާ
ފުލުހުންގެ ތަހުގީގަށް ހޯދަމުންދާ މީހާ
ޕޮލިސް މީޑިޔާ
ފުލުހުންގެ ތަހުގީގަށް މީހަކު ހޯދުން
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
މިއީ މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި، ތަހުގީގުކުރަމުންދާ މައްސަލައެއް
ހޯދަމުންދަނީ ޝޮހެދް އުއްލާ ނަމަކަށް ކިޔާ މީހެއް

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މި ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަނީ ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި, ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ 33 އަހަރުގެ ޝޮހެދް އުއްލާއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް