ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 11:26
މުޒާހަރާގެ ތެރެއިން ފުލުހުން ޖުމާން ހައްޔަރުކޮށްގެން ގެންދަނީ
މުޒާހަރާގެ ތެރެއިން ފުލުހުން ޖުމާން ހައްޔަރުކޮށްގެން ގެންދަނީ
ޕީޕީއެމް
ފުލުހެއްގެ ގައިގައި ޖެހި މައްސަލަ
ނޫސްވެރިޔަކު ފުލުހެއްގެ ގައިގައި ޖެހި މައްސަލަ ތަހުގީގުކުރަން ފަށައިފި
ފުލުހުންގެ ބެލުމުގެދަށަށް މީހަކު ގެންނަން މަސައްކަތް ކުރި ވަގުތު އޭނާ އެކަމަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހި

ނޫސްވެރިޔަކު ފުލުހެއްގެ ގައިގައި ޖެހި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާގައި ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި "އަވަސް" ނޫހުގެ ވީޑިއޯ ޖަރނަލިސްޓް ހުސައިން ޖުމާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރި ވަގުތު އޭނާ އެކަމަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އޭނާ ދޫކޮށްލާފައިވާކަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޖުމާން ހައްޔަރުކުރުމާ ގުޅިގެން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފައެވެ. އެގޮތުން އެ ޖަމްއިއްޔާގެ ބަޔާނުގައި ބުނެފައިވަނީ; ނޫސްވެރިންނަށް މުޒާހަރާތަކުން އެކި ވަރުގެ އަނިޔާ ލިބެމުންދާ ކަމަށާއި މިފަދަ މައްސަލަތައް މި އަހަރު އިތުރުވެފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
18 މާރޗް 2023 | ހޮނިހިރު 20:52
ޔަކޫޒާ
ޕީޕީއެމް މުޒާހަރާގަ ހިތުހުރި ގޮތަކަށް އުޅެގެންފަ ހައްޔަރުވާ ހިސާބުން ނޫސްވެރިއަކަށް ބަދަލުވާނެ.