ސިއްހީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
އެމީހުންގެ އަގު ވަޒަންކޮށްފައިވަނީ ދިވެހިރާއްޖޭގައި ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައެވެ.
އެގޮތުން 40 އަހަރަށްވުރެ ދިގު މުއްދަތަށް ސިއްހީ ދާއިރާއަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނާއި، 35 އަހަރާ 40 އަހަރާ ދެމެދުގެ މުއްދަތަކަށް ޚިދުމަތް ކޮށްދީ، ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ވެސް ވަނީ އެވޯޑް ދީފައެވެ.
40 އަހަރަށްވުރެ ދިގު މުއްދަތަށް ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.
40 އަހަރަށްވުރެ ދިގު މުއްދަތަށް ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި މުވައްޒަފުން:
- އާމިނަތު ވަހީދާ – ބްލަޑް ބޭންކްގެ ޑިރެކްޓަރ (51 އަހަރު ޚިދުމަތުގައި)
- އާމިނަތު މަނިކެ – އެންރޯލްޑް ނަރސް (48 އަހަރު ޚިދުމަތުގައި)
- އާއިޝަތު ޝަހީމާ – ސީނިއަރ ރޭޑިއޯގްރަފީ އެސިސްޓަންޓް (42 އަހަރު ޚިދުމަތުގައި)
- މައުމޫނާ ސުޖާއު – ޑިރެކްޓަރ ޖެނެރަލް އޮފް ނަރސިންގ (41 އަހަރު ޚިދުމަތުގައި)
- ފައުޒިއްޔާ މުހައްމަދު – އެންރޯލްޑް ނަރސް (40 އަހަރު ޚިދުމަތުގައި)
- އާމިނަތު ރަޝީދާ – އެންރޯލްޑް ނަރސް (40 އަހަރު ޚިދުމަތުގައި)
- ހަފްޒާ އާދަމް – އެންރޯލްޑް ނަރސް (43 އަހަރު ޚިދުމަތުގައި)
- އާރިފާ ޔޫސުފް – އެންރޯލްޑް ނަރސް (40 އަހަރު ޚިދުމަތުގައި)
މީގެއިތުރުން 35 އަހަރާ 40 އަހަރާ ދެމެދު ޚިދުމަތްކޮށްދީ، ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ.
35 އަހަރާ 40 އަހަރާ ދެމެދު ޚިދުމަތްކޮށްދީ، ޚިދުމަތުގައި ދެމިތިބި މުވައްޒަފުން:
- މުހައްމަދު ސަލީމް - ޑެންޓަލް ހައިޖީނިސްޓް (38 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތުގައި)
- އާއިޝަތު މާހިރު – ސީނިއަރ ޑެންޓަލް އެސިސްޓެންޓް (40 އަހަރު ޚިދުމަތުގައި)
- ހަބީބާ ޝާކިރު – ޗީފް ކޭޝިއަރ (36 އަހަރު ޚިދުމަތުގައި)
- އިބްރާހިމް އާގިލް – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (39 އަހަރު ޚިދުމަތުގައި)
- ރަޒިއްޔާ އަހްމަދު – ސީނިއަރ ރެޖިސްޓަރޑް ނަރސް (39 އަހަރު ޚިދުމަތުގައި)
މީގެއިތުރުން، މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލަޔާއި ލިޔުން ވަނީ ދީފައެވެ. ހަފްލާގައި ރައީސް ވިދާޅުވީ، ސިއްހީ ދުޅަހެޔޮކަމާނުލައި ތަރައްގީ ހާސިލު ނުވާނެކަމަށެވެ.