ކ. މާލެ
|
8 މާރޗް 2023 | ބުދަ 17:50
ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް، ސާމީ އަގީލް
ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް، ސާމީ އަގީލް
މިހާރު
ސާމީ އަގީލް
ބަސްތަކުގެ މައްސަލާގައި ސާމީ އަގީލަށް ދައުވާ ކޮށްދިނުމަށް އެދިއްޖެ
އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހަޅާފައިވަނީ، އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލާގައި

ރީޖަނަލް އެއަރޕޯޓްސްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ހުށަހަޅާފައިވަނީ، އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލާގައެވެ. އެ މަގާމުން އޭނާ ވަނީ 2021 ވަނަ އަހަރު ސަސްޕެންޑްކޮށްފައެވެ.

އޭސީސީން ބުނީ ރީޖަނަލް އެއަރޕޯޓްސް ކުންފުންޏަށް ބޭނުންވާ ބަސްތަކެއް ސަޕްލައިކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގައި، ބަސްތަކުގައި ހުރުމަށް ޝަރުތުކޮށްފައިވާ ކަންކަން ފުރިހަމަ ނުވާކަމަަށެވެ.

އެއްބަސްވުމަށް ރިއާޔަތް ކުރުމެއް ނެތި، އެ ބަސްތައް ބަލައިގަންނަން ސާމީ އަގީލް އެންގެވިކަން އެނގިފައިވާކަމަށް އޭސީސީން ބުނެއެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލަން އޭސީސީން ބޭނުންވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ޕަރމަނަންޓް ސެކްރެޓަރީގެ މަގާމަށް ސާމީ އެކަށީގެން ނުވާކަމުގެ ގިނަ ސަބަބުތައް ދައްކައި ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ވަނީ ސީއެސްސީއަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެކަމަކު، ސާމީއަކީ މިނިސްޓަރު އާއިޝަތު ނަހުލާއާ އަރިސް ބޭފުޅެއް ކަމަށް ބުނެ ސާމީ، ޕީއެސްއަކަށް ހަމަޖައްސަން އެދިވަޑައިގަތީ އެ ޕެޓިޝަނުގެވެސް ފަހުންނެވެ.

ސާމީއަށް ތާއީދުކޮށްވެސް އޭރުގެ ޓްރާސްޕޯޓް އޮތޯރިޓީގެ 41 މުވައްޒަފަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހުއަށް ފޮނުވިއެވެ. އޭގައި ބުނެފައި އޮތީ، ސާމީއާ ދެކޮޅު ޕެޓިޝަނުގައި އެ މުވައްޒަފުން ސޮއިކޮށްފައި ނުވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް