Advertisement
ކ. މާލެ
|
8 މާރޗް 2023 | ބުދަ 16:14
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ފުލުހުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު
ފުލުހުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުން
މެމްބަރުން ވަނީ ބިލުގެ މަގްސަދެއް ނެތް ކަމަށް ވިދާޅުވެފައި
މެމްބަރުން ވަނީ ސަރުކާރަށް ވެސް ފާޑު ވިދާޅުވެފައި

ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ފުލުހުންގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ. އެ އިސްލާހުގެ އިބްތިދާއީ ބަހުސް ބުދަ ދުވަހު ވަނީ ފަށާފައެވެ. އެ ބިލަށް އެމްޑީޕީގެ ބައެއް މެމްބަރުން ފާޑު ވިދާޅުވެފައި ވަނީ ބިލުގެ މަގްސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ އެ ބިލުގެ ސަބަބުން ވާ ފައިދާ އާއި މެދު ސުވާލު އުފައްދަވާފައެވެ. އެނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އަށް މީހުން ވައްދަން ޖެހޭނީ ރަނގަޅަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ސަނަދު ހޯދުމަށް ދީފައިވާ މުއްދަތު އިތުރުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

ހަސަން ލަތީފްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އަދި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ މެމްބަރުން ވަނީ ފުލުހުންގެ ބެކްގްރައުންޑް ޗެކް ކުރުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބާއި ދިމާކޮށް އެފަދަ އިސްލާހެއް ގެންނާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަސްލަމް ހުށަހެޅުއްވި އިސްލާހުގައި ފުލުހުންގެ ވަޒީފާއަށް ވަންނަ ކޮންމެ މީހެއްގެ ބެކްގްރައުންޑް ޗެކް ކުރާ އިރު ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުން އެކަށީގެންވާ ކަމަށް ނުފެންނަކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތް ކުރުމަށް އެހެން ގޮތެއް ހޯދަން ހުށަހެޅުމަށާއި، އެއީ އިހްތިޔާރީ ކަމަކަށް ހެދުމަށް ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް