Advertisement
ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 07:12
މުހައްމަދު ނިޒާމް
މުހައްމަދު ނިޒާމް
ލިޓަން މަރާލި މައްސަލަ
ލިޓަން މަރާލިކަމުގެ ތުހުމަތުވާ ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް
ނިޒާމް ވަނީ ދޯނީގައި ހުރި 51،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ވެސް ނަގާފައި
ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައި

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި އޭނާ މަރާލި ކަމަށް ތުހުމަތު ކުރާ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޒާމުގެ ބަންދަށް އިތުރު 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވިލިމާލެއިން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލާފައިވާ ކަމަށް ނިޒާމުގެ ވާހަކަތަކުން އެނގޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލައިފައެވެ.

ނިޒާމުގެ މައްޗަށް ޕީޖީ އޮފީހުން އުފުލާފައިވާ ދައުވާތަކަކީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިފޯމިން މުއާމަލާތު ކުރުމުގެ ކުށުގެ ދައުވާއެވެ.

ތަހުގީގުން ހާމަވެފައިވާ ގޮތުގައި ލިޓަން މަރާލީ ކ. ގަލުފަޅު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ނިޒާމް ވަނީ ދޯނީގައި ހުރި 51،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ވެސް ނަގައިފައެވެ.

Advertisement

ނިޒާމްގެ މައްޗަށް މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ދައުވާ އުފުލީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ބަލައި ފާސްކުރިއިރު ފުލުހުންނަށް އެ ތަނުން 3.2565 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީއެވެ.

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް