Advertisement
ކ. މާލެ
|
3 މާރޗް 2023 | ހުކުރު 20:38
ފޯމުތައް ރައީސް އާއި އެމްޑީޕީގެ ޗެއަރޕާސަންއާ ހަވާލުކުރަނީ
ފޯމުތައް ރައީސް އާއި އެމްޑީޕީގެ ޗެއަރޕާސަންއާ ހަވާލުކުރަނީ
އެމްޑީޕީ
އެމްޑީޕީއާ އަލަށް ގުޅުނު މެމްބަރުން
ތ. ހިރިލަންދޫ އިން އެމްޑީޕީއާ އަލަށް ގުޅުނު 200ށްވުރެ ގިނަ މެންބަރުންގެ ފޯމު ހަވާލުކޮށްފި
ފޯމްތައް ހަވާލުކޮށްފައިވަނީ ތ. ހިރިލަންދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ޖަލްސާގައި

ތ. ހިރިލަންދޫ އިން އެމްޑީޕީއާ އަލަށް ގުޅުނު 200ށްވުރެ ގިނަ މެންބަރުންގެ ފޯމު ހަވާލުކޮށްފިއެވެ.

މި ފޯމްތައް ހަވާލުކޮށްފައިވަނީ ތ. ހިރިލަންދޫގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ކަންމަތީ ޖަލްސާގައެވެ. މި ފޯމްތައް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެންމެ ގިނަ މެންބަރުން ތިބީ ސިޔާސީ ޕާޓީ އަކީ އެމްޑީޕީއެވެ. އެ ޕާޓީގައި 57،660 މެންބަރުން ތިބި ކަމަށް ދައްކާއިރު، ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގައެވެ. އެ ޕާޓީގައި 38،704 މެންބަރުން އެބަތިއްބެެވެ. ތިންވަނައަށް އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގައިކަމަށްވާއިރު އެ ޕާޓީގައި 22،607 މެންބަރުން އެބަތިއްބެވެ. ހަތަރު ވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕާޓީ، އެމްޑީއޭގައި ތިބީ 10،386 މެންބަރުންނެވެ.

Advertisement

ސިޔާސީ ޕާޓީތަކަށް ދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިމެނި 36.89 މިލިއަން ރުފިޔާ އޮންނަ އުސޫލުގެ ދަށުން 6 ޕާޓީއަކަށް ދީފައިވާއިރު މިފަހަރު ފައިސާ ލިބުނު ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްޑީއޭ އަދި އެމްއެންޕީއެވެ. މީގެތެރެއިން އެންމެ ގިނައިން ފައިސާ ލިބިފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެޕާޓީއަށް 14،212،790.92 (ސާދަ މިލިއަން ދެ ލައްކަ ބާރަ ހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ) ލިބެއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޕާޓީގައި ތިބީ 57،529 މެންބަރުންނެވެ.

އެންމެ މަދުން ފައިސާ ލިބިފައިވަނީ އަދާލަތު ޕާޓީއަށެވެ. އެޕާޓީއަށް 2،412،485.90 (ދެ މިލިއަން ހަތަރު ލައްކަ ބާރަ ހާސް ހަތަރު ސަތޭކަ އަށްޑިހަ ފަސް ރުފިޔާ) ލިބެއެވެ. މިދިޔަ އަހަރު ނިމުނުއިރު އެޕާޓީގައި ތިބީ 9،765 މެންބަރުންނެވެ.

ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާއިން ބޮލަކަށް ޖެހޭ އަދަދަކީ 247.05 ރުފިޔާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް