ކ. މާލެ
|
26 ފެބްރުއަރީ 2023 | އާދީއްތަ 16:05
ފުރާވަރު ކޭމްޕް ނިންމާލުން
ފުރާވަރު ކޭމްޕް ނިންމާލުން
ޕޮލިސް
ފުރާވަރު ކޭމްޕް
އަމީނިއްޔާ ސްކޫލުގެ 103 ދަރިވަރުން ފުރާވަރު ކޭމްޕު ފުރިހަމަކޮށްފި
އެ ސްކޫލުގެ 103 ދަރިވަރުން މި ކޭމްޕުގައި ބައިވެރިވި

އަމީނިއްޔާ ސްކޫލުގައި ކުރިއަށްގެންދިޔަ ފުރާވަރު ކޭމްޕް ނިންމައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

ކޭމްޕު ނިންމުމަށް އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފެވެ. މި ކޭމްޕުގައި އެ ސްކޫލުގެ 103 ދަރިވަރުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ޕޮލިސް ކޯޕަރޭޓް ސަރވިސަސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން، ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ، ހެޑް އޮފް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަސީރު، އަދި ފުލުހުންގެ ސީނިއަރ އޮފިސަރުންނާއި އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން އަހުމަދާއި އެ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލުންނާއި ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މި ރަސްމިއްޔާތުގައި، މި ކޭމްޕަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. ކޭމްޕުގެ މުދައްރިބުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީއެވެ.

މި ކޭމްޕް ކުރިއަށްގެންގޮސްފައިވަނީ މަހު 23ން 25ށެވެ. މިއީ 99 ވަނަ ފުރާވަރު ކޭމްޕެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން، އަމީނިއްޔާ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދާ ފުރާވަރު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ކޭމްޕު 58 އަންހެން ދަރިވަރުންނާއި 45 ފިރިހެން ދަރިވަރުން ފުރިހަމަކުރިއެވެ.

މި ކޭމްޕުގައި، ސްކޫލް ދަރިވަރުންނާ ގުޅުންހުރި މައުލޫތަކާ ގުޅޭގޮތުން އަމީނިއްޔާ ސްކޫލުގެ 167 މުދައްރިސުންނާއި 163 ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް