Advertisement
ކ. މާލެ
|
20 ފެބްރުއަރީ 2023 | ހޯމަ 18:30
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ އަސާސްތަކާއި އެއްގޮތް ކުރުމަށް ގޮވާލާ ގަރާރެއް
ސިޔާސަތުތައް ތަންފީޒު ނުވާކަމަށް ބުނެ އެ ގަރާރުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައިވޭ
ވައުދުތަކާއި ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެހެން އިންތިޚާބީ އަދި ސިޔާސީ އޮފިޝަލުން ހިންގުމަކީ ވަރަށް އަސާސީ ކަމެއް ކަމަށް ގަރާރުގައި ވަނީ ބުނެފަ

ސަރުކާރުގެ ސިޔާސަތު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތް ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު ފުރަތަމަ ކިޔުން އިއްވި އެ ގަރާރު ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު ވަޙީދެވެ.

Advertisement

އެ ގަރާރުގައި އެމްޑީޕީގެ އަމާޒަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ސަރުކާރުގެ ބައެއް އަމަލުތަކަށް އެ ގަރާރުގައި ވަނީ ފާޑުކިޔުން އަމާޒުކޮށްފައެވެ. އެ ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އެމްޑީޕީގެ އަމާޒުތަކާ މަގްޞަދުތަކާ އުސޫލުތަކަށް ބަލާއިރު ރައްޔިތުންގެ ކަންކަން ނިންމުގައި އާއި އެފަދަ ކަންކަން ހިންގުމުގައި ރައްޔިތުންނަށް ބާރު އޮންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައި ވާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކިބައިގައި އެ ބާރުވެރިކަން ބޭއްވުމަށްޓަކާ ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާއިން އެކުލަވާލުމަށް ފަހު އެކުލަވާލާފައިވާ ވައުދުތަކާއި ސިޔާސަތުތައް ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެހެން އިންތިޚާބީ އަދި ސިޔާސީ އޮފިޝަލުން ހިންގުމަކީ ވަރަށް އަސާސީ ކަމެއް ކަމަށް ވަނީ ބުނެފައެވެ.

އިތުރަށް އެ ގަރާރުގައި ބުނެފައި ވަނީ މި ސަރުކާރުގައި އެންމެ ބޮޑު ހިއްސާއެއް އޮތްބަޔަކީ އެމްޑީޕީ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ކަންކަން ބައްޓަން ވެފައިވަނީ އެ ޕާޓީގެ މެނިފެސްޓޯއާއި އެއްގޮތަށް ނޫން ކަމަށް ވަނީ ބުނެފައެވެ. އެކަމާއި މެދު ރައްޔިތުންގެ ކަންބޮޑުވުމާއި ނުރުހުން އޮތް ކަމަށް ވެސް އެ ގަރާރުގައި ވަނީ ބުނެފައެވެ. އެ ގޮތަށް ތަންފީޒު ނުވާ ސިޔާސަތުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި އާމްދަނީ އިތުރުކުރުމަށްޓަކާ މަސްވެރިކަމަށް ގެންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އެ ގަރާރުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް