ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 22:56
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ
ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި މިނިސްޓަރ މާރިޔާ ވާހަކަދައްކަވަނީ
އެމްޑީޕީ
އެމްޑީޕީގެ ރިޔާސީ ކެނޑިޑެސީ
އެމްޑީޕީގެ މެމްބަރުން ކަންކަން ނިންމަނީ ވިސްނުންތެރިކަމާއި އެކު ސުވާލު ކުރުމަށް ފަހު: މާރިޔާ
ހުރިހާ ސަރަހައްދަކުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ރައީސް ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ
އެމްޑީޕީގެ މެމްބަރުން ރައީސް ޞާލިހު ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތާއި މެދު ވިސްނާ ކަމަށް މާރިޔާ ވިދާޅުވި

އެމްޑީޕީގެ މެމްބަރުން ކަންކަން ނިންމަނީ ވިސްނުންތެރިކަމާއި އެކު ސުވާލު ކުރުމަށް ފަހުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އާއި ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީ އާއި ޚިލާފަށް އެމްޑީޕީ އިން ރިޔާސީ ޓިކެޓް ހަވާލު ކުރީ އާއްމުންގެ ޚިޔާލާއި އެކުގައި ކަމަށެވެ. ޕީޕީއެމް އިން ރިޔާސީ ޓިކެޓް ދިނީ ކިހިނެތްކަން ސާފު ނުވާ ކަމަށް ފާހަގަކުރައްވާ މާރިޔާ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެއާއި ޚިލާފަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅީ އެންމެ އާއްމު މީހާ އަށް ވެސް ބަސް ބުނުމުގެ ފުރުސަތު ދީގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީ އިން އަބަދުވެސް އެ ޕާޓީގެ އާއްމުންގެ ވާހަކަ އަޑު އަހާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ ރައީސް ޞާލިހު ދެވަނަ ދައުރަކަށް ނިކުމެވަޑައިގެން ޚިދުމަތްކުރައްވަން އެއްބަސްވެވަޑައިގެންނެވީތީ މަރުޚަބާ ދަންނަވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ރައީސް ޞާލިހު ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތާއި މެދު ވިސްނާ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ރައީސް ކޮށްދެއްވި މަސައްކަތް ބަލައިގަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަސާސީ ޚިދުމަތްތައް ފުޅާކޮށް، ކުދި ރަށްރަށާއި ބޮޑެތި ރަށްތަކަށް ބޭނުންވާ ކަންކަން ރައީސް ޞާލިހު ދަނީ ކޮށްދެއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދާދިނުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތް ފާހަގަކުރެވޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް މުޅި ރާއްޖެ ތަރައްޤީކުރުމުގެ މަސައްކަތް ރައީސް ދަނީ ކުރައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވަނީ އެގޮތަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހު އެ މަސައްކަތްތައް ކުރައްވަނީ ވިސްނުންތެރިކަމާއި އެކުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ. ރައީސްގެ އުންމީދަކީ ރާއްޖެ ޖަޒީރާ ވަންތަކަމާއި އެކު ތަރަައްޤީކުރުން ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ރައީސް ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް