Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 08:11
ބުރުނީ ޕޮލިސް ޕޯސްޓުން ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތުދެނީ
ބުރުނީ ޕޮލިސް ޕޯސްޓުން ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތުދެނީ
ޕޮލިސް
ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުން
ބުރުނީ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި
މި ޕްރޮގްރާމަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް
ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ވައްކަންކުރުމަށް ފުރުސަތު ނުދިނުމަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވޭ

ތ. ބުރުނީގައި ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ބުރުނީގައި މި ހަފްތާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ރަށު ފިހާރަތަކާއި ރެސްޓޯރަންޓް އަދި ކެފޭ ތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ މުހިންމު ކަންކަން ކިޔައިދީފައިވެއެވެ.

އެގޮތުން ތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާއި ވައްކަންކުރުމަށް ފުރުސަތު ނުދިނުމަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތާއި ލަސްނުކޮށް އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށް ސީސީޓީވީ ހަރުކުރުމަށް އިރުޝާދުދީފައިވެއެވެ.

Advertisement

މީގެ އިތުރުން، ފިހާރަ ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ އެއްކޮށް އަނދިރިކޮށްފައި ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށްކުރާ ފޯނުކޯލުތަކުން ރައްކާތެރިވުމަށާއި ވިޔަފާރިކުރުމަށްފަހު އޮންލައިންކޮށް ފައިސާދައްކާނަމަ އެ ފައިސާ އެކައުންޓަށް ޖަމާވިތޯ ޔަގީންކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ފޯނަށް އަންނަ ލިންކުތަކަށް ނުވަނުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި ޕްރޮގްރާމަކީ ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުންނާއި ބުރުންޏަކީ ކުށުގެ ނުރައްކާތެރިކަން ކުޑަ ރަށަކަށް ހެދުމާ އަދި ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް