Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 07:01
"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ދިރާސާ އާންމުކުރުމުގެ ރަސްމިއްޔާތުގައި ޝާމިލް ވާހަކަދައްކަވަނީ
"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ދިރާސާ އާންމުކުރުމުގެ ރަސްމިއްޔާތުގައި ޝާމިލް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އޭސީސީގެ މަސައްކަތްތައް
އޭސީސީ ދެމި އޮންނާނީ ތަރައްޤީ އާއި އިންސާނީ ހައްގުތައް ކަށަވަރުކުރާ ބައިވެރިއެއްގެ ގޮތުގައި: ޝާމިލް
"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ދިރާސާ އާންމުކުރީ ބުދަ ދުވަހު
އޭސީސީގެ މަސައްކަތްތަކާމެދު ފާރަވެރިވެ، ފާޑުކިޔަން ފުރުސަތު އޮންނަން ޖެހޭ
މަސްލަހަތުވެރިންނާއެކު ދައުލަތުގެ ނިޒާމްތަކުގެ ތެރޭގައި ހުރި މުއައްސަސާތަކާއި ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭ ކަމަށް އޭސީސީ އިން ބުނޭ

އޭސީސީ ދެމި އޮންނާނީ ތަރައްްޤީ އާއި އިންސާނީ ހައްގުތައް ކަށަވަރުކުރަން ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޢާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބުދަ ދުވަހު ބޭއްވި "ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ދިރާސާ އާންމުކުރުމާއި، ޚިދުމަތުގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭސީސީ އަކީ ކޮރަޕްޝަން ހުއްޓުވުމާއި، ކުށްކޮށްގެން ހޯދާ ފައިސާ އަނބުރާ އޭގެ ހައްގުވެރިންނަށް ހޯދައި ދިނުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ މުއައްސަސާއެއްކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށްޓަކައި މަސްލަހަތުވެރިންނާއެކު ދައުލަތުގެ ނިޒާމްތަކުގެ ތެރޭގައި ހުރި މުއައްސަސާތަކާއި ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން" ދިރާސާ އާއި ދައުލަތުގެ ނިޒާމްތަކާއެކު މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް އޭސީސީ އިން ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކަންކަން ރަނގަޅުކުރަން ޕްރޮގްރާމެއް އެކުލަވާލައި ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޝާމިލް އިތުރަށް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ ޚިދުމަތުގެ އަގުވަޒަންކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށާއި 2023ގައި އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރެވޭނެ ނިޒާމެއް އެކުލަވާލާނެ ކަމަށެވެ. އަދި ކޮރަޕްޝަން އެކުލެވޭ ކުށްތައް ކުރުމަށް ބޭނުން ކުރާ ވަސީލަތްތަކާއި އެކަމުން ފައިދާ ނަގަމުންދާ ގޮތަށް ވަނީ އޭނާގެ ވާހަކަފުޅުގައި އަލިއަޅުވާލައްވަވާފައެވެ. މީގެ ކުރިން ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި އެކަން ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތައް ހުއްޓުވާ، އެކަން ރަނގަޅުކުރަން ފުރުސަތު ލިބުމުން އެކަން ނުކުރުމަކީ އިހުމާލެއް ކަަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ ކޮރަޕްޝަންގެ ކުށް ހުއްޓުވޭނީ މުއައްސަސާތަކުން އެކުގައި މަސައްކަތްކޮށްގެން ކަަމަށެވެ. އެ މަސައްކަތުގެ ނަތީޖާ ނެރެވޭނީ އޭރުން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިދާރާތައް ގުޅިގެން ކުރާ މަސައްކަތުން ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ ފައިސާ އަނބުރާ ހޯދައި ދިނުމަށް ދޭ ސަމާލުކަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ނަތީޖާ ކައިރި މުސްތަގްބަލެއްގައި ފެންނާނެ ކަަމަށް ޝާމިލް ވިދާޅުވިއެވެ. މީގެ އިތުރުން އޭސީސީގެ މަސައްކަތްތަކާމެދު ފާރަވެރިވެ، ފާޑުކިޔަން ފުރުސަތު އޮންނަން ޖެހޭ ކަމަށާއި އެއީ އޭސީސީގެ މަސައްކަތް ރަނގަޅުކުރަން އެޅޭ ބާރެއް ކަަމަށް ޝާމިލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް