ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 08:27
ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް
ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް
ލިޓަންގެ މަރުގެ މައްސަލަ
ލިޓަންގެ މަރުގެ މައްސަލައިގައި ދައުވާކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމަނީ
ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް
އެ މައްސަލަ މިހާރު އެ އޮފީހުން ވަނީ ބަލައިގެންފައި

މިދިޔަ ޖެނުއަރީ މަހު ވީނުވީއެއް ނޭނގި ގެއްލުނު ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާ ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލެ ނެރު ކައިރިން ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމް ވެސް ގެއްލިފައިވާކަމަށް ބުނެ ފުލުހުން އޭނާ އާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް ވަނީ ފެނިފައެވެ. އޭނާ މާލެއިން ފެނިގެން ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ނިޒާމް ހައްޔަރުކުރީ ލިޓަންގެ މަރުގެ ތުހުމަތުގައިކަމަށްވާއިރު، އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިހިނގާ ފެބްރުއަރީ މަހުއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެ މައްސަލަ މިހާރު އެ އޮފީހުން ވަނީ ބަލައިގެންފައެވެ. އެގޮތުން މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާ ކުރުމާމެދު އަންނަ ހަފްތާގައި ގޮތެއް ނިންމާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

ނިޒާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ޖެނުއަރީ 2 ވަނަ ދުވަހު ވ. އަތޮޅު ކަނޑުމަތިން ވަނީ ފެނިފައެވެ. އެ ހަށިގަނޑުގެ ސާމްޕަލް ނެގުމަށްފަހު ފުލުހުން ވަނީ އެ ހަށިގަނޑު މިހާރު ވަޅުލާފައެވެ. ނަމަވެސް އެއީ ލިޓަންގެ ހަށިގަނޑުކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް