ކ. މާލެ
|
12 ފެބްރުއަރީ 2023 | އާދީއްތަ 22:47
ޣާޒީ ސްކޫލްގައި ކުރިއަށްގެންދިޔަ ފުރާވަރު ކޭމްޕް
ޣާޒީ ސްކޫލްގައި ކުރިއަށްގެންދިޔަ ފުރާވަރު ކޭމްޕް
ހަޔަރ އެޑިއުކޭޝަން
ފުރާވަރު ކޭމްޕް
ޣާޒީ ސްކޫލްގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕު ނިންމާލައިފި
 
އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ

ޣާޒީ ސްކޫލްގައި ކުރިއަށް ގެންދިޔަ 97 ވަނަ ފުރާވަރު ކޭމްޕު ނިންމާލައިފިއެވެ.

ކޭމްޕު ނިންމުމަށް ޣާޒީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއެވެ. މި ރަސްމިއްޔާތުގައި، ފުލުހުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ޣާޒީ ސްކޫލްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ޣާޒީ ސްކޫލްގެ 83 ދަރިވަރުންނާއެކު މި މަހު 9 އިން 11 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެގޮތުން، ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި ސްކޫލް ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި ދިރިއުޅުމުގެ އެކި ކަންކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން ގަޑިން ގަޑިއަށް ކަންކަންކުރަން ދަސްކޮށްދީ އަމިއްލަ ސާފުތާހިރުކަމާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެެއެވެ. އަދި އާންމު އިޖުތިމާއި މިންގަނޑާ ޚިލާފު ކަންކަމާއި ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތައް ބުނެދީފައިވެއެވެ.

އަދިވެސް އޭގެ އިތުރުން، ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާއި ކަންކަމުގައި އެހެންމީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި މައުލޫމާތުދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް