ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 07:29
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން
މަޖިލިސް
ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތައް
ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން ޔާމީނަށް ދޭނީ ލަނޑެއް: ސައުދު
 
އިދިކޮޅުގެ ލީޑަރޝިޕުގައި ތިބި ފަރާތްތަކަކީ ރައީސް ޔާމީން ޖަލަށްދާ ކޮންމެ ފަހަރަކު ޕާޓީގެ ހަރަކާތްތައް ފުޅާ ކުރުމަށްފަހު އެމަނިކުފާނު ގެއަށް ވަޑައިގަތުމުން މާޔޫސްވާ ބައެއް

ޕީޕީއެމް އަދި ޕީއެންސީގެ މިހާރުގެ ލީޑަރޝިޕުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދޭނީ ލަނޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގެ ލީޑަރޝިޕުން ރައީސް ޔާމީނަށް ދޭނީ ޓިކެޓެއް ނޫން ކަމަށާއި ނަމަވެސް ލަނޑެއް ކަމަށެވެ.

އޭނާގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ އިދިކޮޅުގެ ލީޑަރޝިޕުގައި ތިބި ފަރާތްތަކަކީ ރައީސް ޔާމީން ޖަލަށްދާ ކޮންމެ ފަހަރަކު ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްފަހު އެމަނިކުފާނު ގެއަށް ވަޑައިގަތުމުން މާޔޫސްވާ ބައެއް ކަމަށެވެ. އަދި މިހާތަނަށް ދިވެހި ރައްޔިތުންނަށް އެންމެ ދުއްޕާން ޖެއްސި ވެރިކަމަކީ ރައީސް ޔާމީންގެ އަނިޔާވެރި، ޚިޔާނާތްތެރި އަދި ޤައުމު އަޅުވެތިކުރުވި ވެރިކަން ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ނުދޭނެ ކަމަށް ސައުދު ވިދާޅުވެފައިވާއިރު އެ ޕާޓީން މިހާރު ވަނީ ބޮޑު ޖަލްސާއެއް ބާއްވައި ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައެވެ. އަދި އެންމެ ފަހުން ބޭއްވި ޖަލްސާގައި އެ ކޯލިޝަންގެ ލީޑަރޝިޕުން ވަނީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ނުދޭނެ ކަމަށް ބުނެފައެވެ.

ކުރީގެ ރައީސް ޑރ. ވަހީދަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ދިނުމަށްފަހު އެމަނިކުފާނުގެ ރަނިންގމޭޓުކަން ރައީސް ޔާމިންގެ ކުރީގެ ރަނިންގމޭޓް ޑރ. ޝަހީމަށް ދިނުމަށް ޕީޕީއެމްގެ އެތެރޭގައި މަސައްކަތް ކުރެވެމުން ދާކަމަށް ބައެއް ފަރާތްތަކުން ދަނީ އަޑު ފަތުރަމުންނެވެ. ނަމަވެސް އެއީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
ޕީއެންސީން ބޭއްވި ތަފާތު ޕެނަލް ޑިސްކަޝަން!
މަގުމަތީ ގޭނުނީ އިޚުލާސްތެރިން، ވަޒީފާ ލިބެނީ ހިޖުރަވެރިންނަށް!