ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 14:12
ހިޔާ ޓަވަރުތަކުގެ ސީސީޓީވި ހިއްސާކުރުމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރަނީ
ހިޔާ ޓަވަރުތަކުގެ ސީސީޓީވި ހިއްސާކުރުމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރަނީ
ޕޮލިސް
ހިޔާ ޓަވަރުގެ ސަލާމަތާއި ރައްކާތެރިކަން
ހިޔާ ޓަވަރުތަކުގެ ސީސީޓީވީ ފުޓޭޖް ހިއްސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ފުލުހުންނާއި އެޗްޑީސީން ސޮއިކޮށްފި
 
ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރާނެ
 
ހިޔާ މަޝްރޫއުގެ 16 ޓަވަރގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް، ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރާނެ

ދިވެހި ފުލުހުންގެ ޚިދުމަތާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ

މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި، މި ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފްއެވެ.

މި ފަހުމުނާމާއަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ  ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް، ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމުގައި ނުވަތަ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމަށްޓަކައި ވެވޭ ފަހުމުނާމާއެކެވެ

ހިޔާ ޓަވަރުތަކުގެ ސީސީޓީވި ހިއްސާކުރުމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރަނީ - ޕޮލިސް

ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު މި ފަހުމުނާމާގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ކުށްމަދު އަމާން ވެއްޓެއް ގާއިމުކުރުމާ އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް