Advertisement
ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 21:29
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ޕޮލިސް
މީހަކު ހޯދުން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ރީދޫގެ، މަރްޔަމް ރިޒްމީން

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު, ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ރީދޫގެ، މަރްޔަމް ރިޒްމީން (31އ) އެވެ.

Advertisement

މަރްޔަމް ރިޒްމީން ހޯދަމުންދަނީ ދައުލަތުން ދައުވާކުރާ, އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން 2023 ޖަނަވަރީ 31 ވަނަ ދުވަހުގެ 09:15އަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް