Advertisement
ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 21:30
މާފުށިވަރު ރިސޯޓް
މާފުށިވަރު ރިސޯޓް
ގޫގުލް
ޒުވާނަކު މަރުވުން
މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއެ އަޅަން ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެ
މާފުށިވަރުގައި ބޮއި އަޅަން ގޮސް އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވަގެން ހޮސްޕިޓަލަށް ގެންދިޔަކަން ފުލުހުންނަށް ރިޕޯޓްކުރީ 18:54 ހާއިރު

އދ.މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއެ އަޅަން ގޮސް އުޅުނު 18 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ މާފުށިވަރުގައި ބޮއި އަޅަން ގޮސް އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވަގެން ހޮސްޕިޓަލަށް ގެންދިޔަކަން ފުލުހުންނަށް ރިޕޯޓްކުރީ 18:54 އެހާއިރު ކަމަށެވެ. އޭނާ އަށް މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ހާދިސާ އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

Advertisement

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ނިޔާވެފައި ވަނީ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޣަފޫރެވެ. އޭނާ އަކީ ނޮވެމްބަރު 18، 2018ގައި އިނގުރައިދޫގައި މޫދަށް އެރި އުޅުނު ކުއްޖަކަށް ދިމާވި ހާދިސާ އަކާއި ގުޅިގެން އޭނާގެ ފުރާނަ ސަލާމަތްކުރި ސްކައުޓެކެވެ. އޭނާގެ އަގުވަޒަންކުރުމަށްޓަކައި 2019 ވަނަ އަހަރު އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް