ކ. މާލެ
|
30 ޖެނުއަރީ 2023 | ހޯމަ 07:45
އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ޔުވެންޓަސް އިން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާރސް
އިޓާލިއަން ލީގު
މޮންޒާ އަތުން ބަލިވެ ޔުވެންޓަސް އަށް އިތުރު ހާސް ކަމެއް
މެޗުން ބަލިވެ ޔުވެންޓަސް މިހާރު އޮތީ ލީގު ތާވަލްގެ 13 ވަނައިގައި

އިޓާލިއަން ލީގުގައި މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް ބަލިވެއްޖެ އެވެ.

ޔުވެންޓަސްގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ މޮންޒާއާ ދެކޮޅަށް ނުކުތްއިރު ވެސް އެ ޓީމު އޮތީ އުނދަގޫ ޙާލަތެއްގަ އެވެ. އެއީ އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްގެ 15 ޕޮއިންޓު އުނިކުރަން ނިންމާފައި ވުމުންނެވެ. އެ ނިންމުން ނިންމި ފަހުން ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް ވަނީ އެއްވަރުވެފަ އެވެ. މޮންޒާ އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ.

މެޗުގައި މޮންޒާގެ ދެ ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން ދިހަ ވަނަ މިނެޓުގައި މޮންޒާގެ ގިއަނުލްކާ ކަޕްރާރީ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ އަށް މިނެޓު ފަހުން މޮންޒާ އަށް މެޗުގައި ލީޑު ނަަގައިދިނީ ޕަޓްރިކް ޝިއުރިއާ އެވެ. އެއީ އެ ޓީމުގެ ޕެޕިންގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ. މޮންޒާގެ ދެ ވަނަ ލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ކާލޯސް އޮގުސްޓޯ ދިން ބޯޅައަކުން ޖެހީ ޑެނީ މޮޓާ އެވެ.

މެޗުން ބަލިވެ ޔުވެންޓަސް މިހާރު އޮތީ ލީގު ތާވަލްގެ 13 ވަނައިގަ އެވެ. އެއީ ކުޅުނު 20 މެޗުން އެ ޓީމަށް ލިބޭ 23 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަތުން މޮޅުވި މޮންޒާ އޮތީ ކުޅުނު 20 މެޗުން 25 ޕޮއިންޓާއެކު 11 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް