Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 13:43
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ
ރައީސްގެ އަންދާޒާ: "ޑަބްލް ޑިޖިޓް" ގެ ތަފާތެއް ނަތީޖާއިން ފެންނާނެ
އިންތިޚާބަށްފަހުވެސް ސުލްޙަވެރިކަމާއެކު ކަންކަން ދިއުމަކީ އެމަނިކުފާނުގެ އުއްމީދު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު އޮޅުވާލުން ފަދަ ކަންކަން ނުހިނގާނެ
މިފަހަރުގެ އިންތިޚާބުވެސް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު އެބައޮތް

އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި "ޑަބްލް ޑިޖިޓް" ގެ ތަފާތެއް ނަތީޖާއިން ފެންނާނެކަމަށް ލަފާކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގައި ވޯޓު ލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ޙަޔާތުގައި އަނެއްކާވެސް އައު މަންޒަރެއް ފެނިގެންދާ ދުވަހެއް ކަމަށެވެ. އެމަނިކުފާނުގެ އުއްމީދަކީ ވޯޓު ނިމުމަށްފަހުވެސް ޑިމޮކްރަޓިކް އަދި ހިތްހަމަޖެހޭ މަންޒަރުތަކެއް ފެނިގެން ދިއުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިންތިޚާބަށްފަހުވެސް ސުލްޙަވެރިކަމާއެކު ކަންކަން ދިއުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ.

Advertisement

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ އެކުގައި އޮތުން މުހިއްމުކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

މި އިންތިޚާބުގެ ވޯޓާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވޯޓު އޮޅުވާލުން ފަދަ ކަންކަން ނުހިނގާނެ ކަމަށާއި، ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހަމަޖެހިފައި ހުރީ އެއަށްވުރެ ރަނގަޅަށް ކަމަށެވެ.

އަޅުގަނޑު މި ދެންނެވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ދާ ގޮތް ވަރަށް ސާފުކޮށް ތިޔަ ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މީގެ ކުރިންވެސް އެކަން ކޮށްފައި ތިއްބެވި ބޭފުޅުން އެ ތިއްބެވީ މިކަން ހިންގަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ވިދާޅުވީ، އެފަދަ އެއްވެސް ކަމެއް މި އިންތިޚާބުގެ ތެރެއިން ހިނގާނެކަމަށް އެމަނިކުފާނަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.

މިފަހަރުގެ އިންތިޚާބުވެސް ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބު ކުރެއްވޭނެ ކަމުގެ އުއްމީދު އެބައޮތްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، "ޑަބްލް ޑިޖިޓް" ގެ ތަފާތެއް ނަތީޖާއިން ފެންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު ވޯޓް ލައްވާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު އިސްކަރުންދަރު ސްކޫލުގައި ހުރި ވޯޓް ފޮއްޓަށެވެ. ވޯޓް ލެއްވެވުމަށް އެމަނިކުފާނު ވަނީ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ޖެހިއިރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް