ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 07:51
ޑޯޓްމަންޑުގެ އައު އެއްބަސްވުމުގައި މުކޯކޯ ސޮއި ކުރަނީ
ޑޯޓްމަންޑުގެ އައު އެއްބަސްވުމުގައި މުކޯކޯ ސޮއި ކުރަނީ
ޓްވީޓަރ
ބޮރޫޝިއާ ޑޯޓްމަންޑް
ޑޯޓްމަންޑާއެކު ހަދާފައިވާ އެއްބަސްވުން ޔޫސުފާ މުކޯކޯ އައުކޮށްފި
 
އެ ޓީމާއެކު މިހާރު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު

ޖަރުމަނު ލީގުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ޔޫސުފާ މުކޯކޯ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އައުކޮށްފި އެވެ.

ޒުވާން ކުޅުންތެރިޔާ ޑޯޓްމަންޑާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައިވަނީ އިތުރު ތިން އަހަރަށެވެ. އެ ޓީމާއެކު މިހާރު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރު އެވެ. ޑޯޓްމަންޑުން ސީނިއާ ކެރިއަރު ފެށި މުކޯކޯ ވަނީ މިހާތަނަށް ޖަރުމަނު ލީގުގައި އެ ޓީމަށް ކުޅެދިން 59 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. މި ސީޒަންގައި ވެސް އޭނާ އަންނަނީ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ހޯދުމުގެ ޝައުޤުވެރިކަން ޕްރިމިއާ ލީގުގެ ކުލަބުތަކުންނާއި އެހެނިހެން ލީގުތަކުގެ ކުލަބުތަކުން ކުރަމުން އައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އިން އައީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން ގެންގުޅެ، އެކަމަށް ފާރަލަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޑޯޓްމަންޑާއެކު އައު އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަމުން މުކޯކޯ ބުނީ، އެހެން ކުލަބުތަކުގެ ހުށަހެޅުން އޭނާ އަށް ލިބުނު ކަމަށާއި، އެކަމާ އުފާ ވެސް ވާ ކަމަށެވެ. ނަމަވެސް މުކޯކޯ ބުނީ ޑޯޓްމަންޑުގައި ހުންނަން ނިންމި ނިންމުމަކީ އެއީ އޭނާގެ ހިތާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ. އޭނާ ބުނީ ޑޯޓްމަންޑުގެ ހުރިހާ ސަޕޯޓަރުންގެ ސަޕޯޓު އަބަދު ވެސް ލިބޭ ކަމަށާއި، އެހެންކަމުން އޭނާ ބޭނުންވަނީ އެކަމުގެ ބަދަލު ކުލަބަށް އެއްޗެއް ހާސިިލްކޮށްދޭން ކަމަށެވެ.

މުކޯކޯ އަށް ޖަރުމަނުގެ ޤައުމީ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ދެ މެޗު ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް