ކ. މާލެ
|
11 ޖެނުއަރީ 2025 | ހޮނިހިރު 09:56
މެެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ޑޯޓްމަންޑު އަތުން މޮޅުވެ، ލެވަކޫސަން ކުރިއަށް
މޮޅާއެކު ލެވަކޫސަންގެ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 35 ޕޮއިންޓާ އެކު އެވެ.

ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން އެއް ވަނައިގައި އޮތް ބަޔާން މިއުނިކްގެ ފަހަތުގައި ވިއްދައިފި އެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަން އިން ތިން ލަނޑު ޖެހިއިރު، ޑޯޓްމަންޑުން ލަނޑެއް ޖެހި އެވެ. މެޗުގައި ޑޯޓްމަންޑުގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ނަތަން ޓެލާ އެވެ. އޭގެ ހަތް މިނެޓު ފަހުން ޕެޓްރިކް ޝިކް ވަނީ ލެވަކޫސަންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 12 ވަނަ މިނެޓުގައި ޖެމީ ގިޓެންސް ވަނީ ލަނޑު ޖަހައި ޑޯޓްމަންޑަށް ފަރަގު ކުޑަކޮށްދީފަ އެވެ. ނަމަވެސް 19 ވަނަ މިނެޓުގައި ޝިކް ވަނީ ލެވަކޫސަންގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފަ އެވެ. މެޗުގައި ޑޯޓްމަންޑުގެ ދެ ވަނަ ލަނޑު 79 ވަނަ މިނެޓުގައި ޝާހޯ ގުރާސީ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މޮޅާއެކު ލެވަކޫސަންގެ އޮތީ ލީގު ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 35 ޕޮއިންޓާ އެކު އެވެ. ލެވަކޫސަނަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެއް ވަނައިގައި ބަޔާން މިއުނިކަށް ލިބެނީ 36 ޕޮއިންޓެވެ. ލެވަކޫސަން އަތުން ބަލިވި ޑޯޓްމަންޑު އޮތީ 16 މެޗުން 25 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

- ކޮމެންޓް