ކ. މާލެ
|
18 ޖެނުއަރީ 2023 | ބުދަ 16:51
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި
ޓްވިޓަރ
ގއ. ވިލިނގިލީގައި އިމާރާތްކުރާ 50 ހައުސިންގ
ވިލިނގިލީގެ މަޝްރޫޢުތައް ފުރިހަމަ ވުމުން ވިލިނގިލި ވާނީ އިގްތިސާދީ ހަބަކަށް: ސައުދު
އެ ރަށުގައި 20 އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި
ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވާއިރު މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ބުނޭ

ވިލިނގިލީގައި ސަރުކާރުން ހިންގަމުން މިދާ މަޝްރޫޢުތަށް ފުރިހަމަ ވުމުން ވިލިނގިލިވެގެން ދާނީ އެ ސަރަޙައްދުގެ ޢުމްރާނީ ތަރައްޤީގެ ހަބަކަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު އެފަދައިން ވިދާޅުވީ ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެ ރަށުގައި 20 އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ސަރަހައްދުގެ ރައްޔިތުން ވިސްނަނީ ވަރަށް ފުޅާކޮށް ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ. ގޯތީގެ ބަދަލުގައި ގެ ބޭނުންވާ ރައްޔިތުން މިއަދު ގިނަ ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ. ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށް ވާއިރު އެ ކަމަށް އެންމެ ފަހި ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ވިދާޅުވިއެވެ. އަސާސީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން މަސައްކަތްކުރާ ކަން ވިލިގިލީގައި ފަށާ މަސައްކަތުން އެނގިގެންދާ ކަަަމަށް ވެސް ސައުދު ވިދާޅުވިއެވެ. މި މަޝްރޫޢު އަށް އިތުރު ހައުސިން ޔުނިޓްތައް އިތުރުކޮށްދިނުމަށް އެދުމުން އެކަން ފުރިހަމަކޮށްދެއްވުމަކީ އެކަމަށްޓަކާ ޝުކުރުވެރިވާ ކަމެއް ކަމަށް ސައުދު ވިދާޅުވިއެވެ.

ގއ. ވިލިނގިލީގައި އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިން ޔުނިޓް އެޅުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވާއިރު މި މަޝްރޫޢުއަށް 48 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޚަރަދުވާނެކަމަށް ސަރުކާރުން ބުނެއެވެ. މި މަސައްކަތް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

އެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހު ގއ. ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ވިލިނގިލީގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އަކްރަމް ކަމާލުއްދީނާއި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން އަދިި ރަށު ކައުންސިލް މެންބަރުންނެވެ.

- ކޮމެންޓް