Advertisement
ކ. މާލެ
|
13 ޖެނުއަރީ 2023 | ހުކުރު 22:38
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު
އެމްޑީޕީ
އައްޑޫގެ ތަރައްޤީ
އައްޑޫ އަށް ތަރައްޤީ އަކީ ކޯޗެއްކަން ބުނެދިނީ ހަމައެކަނި އެމްޑީޕީ އިން : ނިހާދު
ރަނގަޅަށް ތަރައްޤީގެ މަސައްކަތްތައް ކުރަން ލިބުނީ އަހަރެއްހާ ދުވަސް ކަމަށް އޭނާ ވިދާޅުވި
ކޮވިޑްގެ ދަތި ހާލަތާއި އެކުވެސް އައްޑޫ އަށް ބޮޑު ބަދަލުތަކެއް ގެންނަން ރައީސް ފަށްޓަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

އައްޑޫސިޓީ އަށް ތަރައްޤީ އަކީ ކޯޗެއްކަން ބުނެދިނީ ހަމައެކަނި އެމްޑީޕީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފޭދޫގައި ހުކުރު ދުވަހު ބޭއްވި ކެމްޕެއިން ޖަލްސާގައި ނިހާދު ވަނީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އެއްވެސް ސަރުކާރަކުން އައްޑޫ އަށް އަޅާނުލާ ކަމަށާ ތަރައްގީގެ ނަމުގައި ދައްކަނީ ހުސް ވާހަކަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު އިތުރަށް ވިދާޅުވީ އައްޑޫ އަށް އެހީތެރިކަން ފޯރުކޮށްދިނީ އެމްޑީޕީގެ ސަރުކާރުން ކަަމަށެވެ.

Advertisement

އައްޑޫގެރައްޔިތުން ތަރައްގީއަށް އެދި ފެންބޮވައިގެންފައި ތިބޭތާ އެތައް އަހަރެއް ވެފައި ވީ ނަމަވެސް އެ މަންޒަރު އައްޑޫ އަށް ފެނުނީ އަދި ކިރިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ދަތި ހާލަތާއި އެކުވެސް އައްޑޫ އަށް ބޮޑު ބަދަލުތަކެއް ގެނައިސް ރައީސް ފަށްޓަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓާއި ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމުގެ މަސައްކަތަކީ ތަރައްޤީ އަށްޓަކާ ކޮންމެހެން މުހިންމު މަސަައްކަތެއް ކަަމަށް ނިހާދު ވިދާޅުވިއެވެ. އެކަންކަމަކީ އައްޑޫ ތަރައްޤީ ކުރުމަށް ފުރިހަމަކުރަންޖެހޭ މަަސައްކަތްތަކެއް ކަަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ ރައީސް ސާލިހް އައްޑޫއަށް ތަރައްގީ ގެނެސްދިނުމަށް މަސައްކަތް ފެއްޓެވީ 2018 ވަނަ އަހަރު ކަމަށެވެ. އޭރު އެ މަސައްކަތް ފެއްޓެވި އިރު އޮތީ ކުރީ ސަރުކާރުގެ ކޮންޓްރޯލް އޮތް މަޖިލީހުން ހަދާފައި އޮތް ބަޖެޓެއް ކަމަށް ނިހާދު ވިދާޅުވިއެވެ. އެހެންކަމުން ހަގީގީ ތަރައްގީގެ ބަޖެޓެއް ފާސްކުރެވުނީ 2019 ވަނަ އަހަރު ކަމަށް ނިހާދު ވިދާޅުވިއެވެެ. އެހެންކަމުން މި ސަރުކާރަށް ރަނގަޅަށް ތަރައްޤީގެ މަސައްކަތްތައް ކުރަން ލިބުނީ އަހަރެއްހާ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް