ކ. މާލެ
|
12 ޖެނުއަރީ 2023 | ބުރާސްފަތި 07:46
ބްރެޒިލް ޖާޒީގައި މިރަންޑާ
ބްރެޒިލް ޖާޒީގައި މިރަންޑާ
ޓްވިޓަރ
މިރަންޑާ
ބްރެޒިލްގެ ކުރީގެ ޑިފެންޑަރު މިރަންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
އުމުރުން 38 އަހަރުގައި މިރަންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކުޅެމުން އައީ ބްރެޒިލްގެ ސައު ޕައުލޯ އަށް

ބްރެޒިލަށް ކުުރިން ކުޅުނު ޑިފެންޑަރު ޔާއޯ މިރަންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 38 އަހަރުގައި މިރަންޑާ ފުޓުބޯޅަ ކުޅުން ހުއްޓާލިއިރު، އޭނާ ކުޅެމުން އައީ ބްރެޒިލްގެ ސައު ޕައުލޯ އަށެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށް މިރަންޑާ ބުނީ، އެކަމުގެ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. މިރަންޑާ ބުނީ މިހާ ހިސާބަށް އައި އިރު އެކި ގޮތް ގޮތުން އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހައި ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ބޭނުންވާ ކަމަށެވެ. އަދި ފުޓުބޯޅައިން އެތައް ކަމެއް ހާސިލުވި ކަމަށާއި، ފުޓުބޯޅަ އަށް ވެސް ޝުކުރު އަދާ ކުރާ ކަމަށެވެ.

މިރަންޑާ އޭނާގެ ސީނިއާ ކެރިއަރު ފެށީ 2004 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި، އިންޓަ މިއާމީ ވެސް ކުޅެފަ އެވެ. އެތުލެޓިކޯއާއެކު މިރަންޑާ ވަނީ ފަސް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭނާ އަށް ބްރެޒިލް ޤައުމީ ތީމުން ޖާގަ ލިބުނީ، 2009 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް ކުޅެދިން 58 މެޗުގައި އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މިރަންޑާ ވަނީ ބްރެޒިލާއެކު ފީފާ ކޮންފަޑެރޭޝަން ކަޕާއި، ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފަ އެވެ.

- ކޮމެންޓް