ކ. މާލެ
|
16 އޮކްޓޯބަރ 2024 | ބުދަ 12:18
ބްރެޒިލް އަދި ޕެރޫ ކުޅުނު މެޗުގެ ތެރެއިން
ބްރެޒިލް އަދި ޕެރޫ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
ބްރެޒިލް އިން ޕެރޫ ބަލިކޮށްފި
މޮޅާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ.

ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލް އިން ކާމިޔާބު ކުރީ 4-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އިން އެއް ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ބްރެޒިލަށް ލީޑު ނަގައިދިނީ ރަފީނިއާ އެވެ. އެެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ރަފީނިއާ ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ބްރެޒިލްގެ ދެ ވަނަ ލަނޑު ވެސް ރަފީނިއާ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން މެޗުގެ 71 ވަނަ މިނެޓުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖެހީ އެންޑްރިއަސް ޕެރެއިރާ އެވެ. އޭގެ ތިން މިނެޓު ފަހުން ބްރެޒިލްގެ ހަތަރު ވަނަ ލަނޑު ޖެހީ ލުއިސް ހެންރީކޭ އެވެ.

މޮޅާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 10 މެޗުން 16 ޕޮއިންޓު ހޯދައިގެންނެވެ. ފަސް މެޗުން ބްރެޒިލް މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އަނެއް ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

- ކޮމެންޓް