ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.
2018 ވަނަ އަހަރު ފްރާންސާއެކު ވަރލްޑްކަޕް ކާމިޔާބުކޮށް, 2022 ވަނަ އަހަރު ފައިނަލްގައި ކުޅުނު ލޮރިސް، ޤައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާއަށް 36 އަހަރެވެ. ޓޮޓެންހަމްގެވެސް ކެޕްޓަން ފްރާންސާއެކު ވަރލްޑްކަޕް އުފުލާލީވެސް ކެޕްޓަނެއްގެ ގޮތުގައެވެ. ލޮރިސް ބުނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަނީ އޭނާގެ ފަރާތުން ޓީމަށް ހުރިހާ އެއްޗެއް ދެވުނުކަމުގެ ހިތްހަމަޖެހުމާއެކު ކަމަށެވެ. ލޮރިސް ބުނީ ޔޫރޯ ކޮލިފައިންގެ ކުރިން ވަގުތު އޮއްވާ ނިންމުން އިއުލާން ކުރަން ޖެހޭކަމަށް ދެކޭ ކަމަށެވެ. ޔޫރޯ ކޮލިފައިންއަށް ބާކީ އޮތީ ދެމަހާއި ބައެވެ.
ލޮރިސް ޤައުމީ ޓީމަށް ކުޅެން ފެށީ 21 އަހަރުގައި ރަހުމަތްތެރިކަމުގެ މެޗަކުންނެވެ. 2008 ވަނަ އަހަރު ފުރަތަމަ ނުކުތީ އުރުގުއޭއާ ދެކޮޅަށެވެ. ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ޤައުމީ ޓީމަށް 145 މެޗު ކުޅެފައެވެ. ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއަކީވެސް ލޮރިސްއެވެ. އޭގެތެރެއިން 121 މެޗުގައި ފްރާންސްގެ ކެޕްޓަންކަން ކުރީވެސް ލޮރިސްއެވެ. އެއީވެސް ރެކޯޑެކެވެ. ލޮރިސް ކުޅުން ހުއްޓާލިއިރު ކޯޗު ޑެޝޯޕްސް ވަނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އައުކޮށްފައެވެ.