Advertisement
ކ. މާލެ
|
9 ޖެނުއަރީ 2023 | ހޯމަ 15:17
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ރާއްޖެއެމްވީ
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ
ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
ޕްރައިވެޓް ސެކްޓަރ އަށް ދޫކޮށްލައިގެން އޭގެ ރަނގަޅު ފައިދާ މަސްވެރިންނަށް ލިބެން އޮތް ކަމެއް ނޫން ކަަމަށް ރައީސް ވިދާޅުވި
އައު ޓެކްސީތައް ގެނެސް ދިގު މުއްދަތުން ފައިސާ ދައްކާ ގޮތަށް އެ ޓެކްސީތައް ހަވާލުކުރާނަން

މި އަހަރުގެ ތެރޭގައި ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދިނުމަށް ޕްލޭންކޮށްފައިވާ ކަަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބ.އަތޮޅުގެ ބައެއް އާއްމުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަމުންނެވެ. ރައީސް ވިދާޅުވީ ވާދަވެރިން ދައްކާ ބައެއް ވާހަކަތަކާއި މެދުގައި ވިސްނާލަން ޖެހޭ ކަމަށެވެ. އެގޮތުން އަމިއްލަ މީހުންގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކިީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ވާދަވެރި ފަރާތްތަކުން ބުނާ ކަމަށެވެ. އެފަދަ އެއް ވިޔަފާރީގެ ގޮތުގައި ފާހަގަކުރަނީ މަސްވެރިކަމުގެ ސިނާއަތް ކަމަށްވުން އެކަށީގެންވާ ކަމަށާއި އެގޮތަށް ވާދަވެރި ފަރާތްތަކުން ބުނަނީ މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން އިންވެސްޓްކުރަމުންދާތީ ކަމަށް ވެދާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އެހެންނަމަވެސް މަސްވެރިކަމަކީ އަދި ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލައިގެން އޭގެ ރަނގަޅު ފައިދާ މަސްވެރިންނަށް ލިބެން އޮތް ކަމެއް ނޫން ކަަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ދޫކޮށްލެވެން ނެތް ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އެ ސިނާއަތުގައި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ ކަަމަށެވެ.

Advertisement

އެހެންނަމަވެސް ވާދަވެރި ފަރާތްތަކުން ވަކިވަކި ފަރުދުން ދުއްވާ ޓެކްސީތައް ސަރުކާރަށް ނަގާ ވާހަކަދައްކަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެއީ އަމިއްލަ ފަރުދެއްގެ ވިޔަފާރިއަށް ވަނުން ނޫންތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެ ފަރާތްތަކުން ޓެކްސީ ޑްރައިވަރުންނަށް ދެން ވަޒީފާ ދޭނީ ސަރުކާރުން ކަމަށް ބުނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އައު ޓެކްސީތައް ގެނެސް ދިގު މުއްދަތުން އެ ޓެކްސީތަަކަށް ފައިސާ ދައްކާ ގޮތަށް ހަވާލުކުރުން މާ ރަނގަޅުކަމަށް ރައީސް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެންގެ ޕްލޭންގައި ވެސް އޮތް ކަމެއް. މި އަހަރުގެ ތެރޭގައި އެގޮތަށް ޓެކްސީ ރާއްޖެ އަށް ގެނެސް މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށް ދިގު މުއްދަތުން ޚަލާސްކުރާ ގޮތަށް ކާރުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަވާލުކުރާނަން.
ރައީސް ޞާލިހު

ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު އެމަނިކުފާނާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިގްތިޞާދު ކުރިއަރާނީ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ދީގެން ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ހިންގާ މަޝްރޫޢުތައް ލަސްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޓެކްސީ ޚިދުމަތް ސަރުކާރުގެ ދަަށަށް ގެނައުން ރަނގަޅު ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް