ކ. މާލެ
|
4 ޖެނުއަރީ 2023 | ބުދަ 22:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކެމްޕޭން ޙަރަކާތުގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކެމްޕޭން ޙަރަކާތުގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރައީސް ސާލިޙުގެ ކެމްޕޭން
ޕާޓީގެ ތެރެއިން ނަފްރަތު އުފައްދާ މީހުންނަށް ރައީސް ގޮވާލެއްވީ އެކަން ހުއްޓާލުމަށްފަހު އެކަތިގަނޑަކަށްވުމަށް
ސަރުކާރަށް އުނދަގޫ ކުރުމާއި ރައްޔިތުންގެ ކުރިމަތީގައި ނަފްރަތު އުފެއްދުމަށް ޕާޓީގެ ތެރެއިން މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރަމުންދޭ

ޕާޓީގެ ތެރެއިން ނަފްރަތު އުފައްދާ މީހުން އެކަން ހުއްޓާލުމަށްފަހު އެކަތިގަނޑަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ގޮވާލައްވައިފިއެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި ބުދަ ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ޙަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، ޕާޓީ އެތެރޭގެ ޕްރައިމަރީއަށް ހޮވާ ކެންޑިޑޭޓް ވާން ޖެހޭނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަކަށް ކަމަށެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ފަރާތުންނާއި އެމްޑީޕީގެ އެތެރޭން ވެސް އެ އުނދަގޫތައް ކުރިމަތިވި ކަމަށެވެ.

އެހެންނަމަވެސް މިދިޔަ އަހަރުތަކުގައި ކޮވިޑުގެ ދަތިކަމާއެކު ވެސް ކަންތައްތައް ހާސިލް ކުރެވުނު ކަމުގެ އުފާ އިހްސާސް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.  

ސަރުކާރު ފެށުމާއެކު ކޮންމެ ދުވަހަކު ސަރުކާރަށް ދަތި ކުރުމާއި އުނދަގޫ ކުރުމާއި ރައްޔިތުންގެ ކުރިމަތީގައި ނަފްރަތު އުފެއްދުމަށް ޕާޓީގެ ތެރެއިން މަދު ބަޔަކު ނަމަވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ހުއްޓާލެއްވުމަށްފަހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެކީގައި ކުރިއަށް ދިޔުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ކޮވިޑުގެ އާލަމީ ވަބާއާއެކު ކޮންމެ ދުވަހަކު ރާއްޖެ މާދަމާ ބަނޑަށް ޖެހެނީ، ކާޑު ހުސްވާނެ، ބޭހެއް ނެތް، ރަށްރަށުން ދެން އަންނާނީ ބޮޑީ ބޭގްތައް، މިހެން ގޮސް މިދިޔަ ދެއަހަރު އަޅުގަނޑުމެން ހޭދަކުރީ މި ވާހަކަތައް އަޑުއިވި ހުރެ ހުރެ، މި ދަތިކަމުގައި ވެސް ކޮވިޑު ކޮންޓްރޯލް ކުރެވުނު، ރައްޔިތަކު ބަނޑަށް ޖެހުނުތޯ، އަސާސީ ޚިދުމަތެއް ނުލިބި ހުރިތޯ؟ ތިބޭފުޅުން ވިސްނަވާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު

ރައީސް އިތުރަށް ވިދާޅުވީ މިހާތަނަށް މަސައްކަތް ކުރެއްވީ އެބޭފުޅުން ވިދާޅުވާ އެއްޗިއްސަށް ރިއެކްޓް ނުކުރެއްވުމަށް ކަމަށާއި އެހެންނަމަވެސް ބައެއް ކަންތައްތަކުގައި ރައްޔިތުންނަށް ހަޤީޤަތް ހާމަކޮށްދޭން ޖެހޭނެ ކަމަށެވެ.

މި އިންތިޚާބުގައި ހުރީ އިދިކޮޅު ކެންޑިޑޭޓެއް ނޫން ކަމަށާއި އެއީ ވާދަވެރި ކެންޑިޑޭޓެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.  

 

- ކޮމެންޓް