Advertisement
ކ. މާލެ
|
3 ޖެނުއަރީ 2023 | އަންގާރަ 13:04
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ގެއްލިގެން ހޯދަމުންދާ ދެ މީހުން
ޕޮލިސް މީޑިޔާ
ދެ މީހުން ގެއްލުން
ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެ
ފެނިފައިވަނީ ގދ. ތިނަދޫ، މަނާރު، 45 އަހަރުގެ މުހައްމަދު ނިޡާމް
ބިދޭސީ މީހާ އަދިވެސް ނުފެނޭ

ޑިސެމްބަރު 29 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ދެމީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ފެނިފައިވަނީ ގދ. ތިނަދޫ، މަނާރު، 45 އަހަރުގެ މުހައްމަދު ނިޡާމް ކަމަށެވެ. އޭނާ ފެނިފައިވަނީ މާލޭ ގެސްޓްހައުސްއަކުންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

Advertisement

އެހެންނަމަވެސް ގެއްލިގެން ހޯދަމުންދާ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ 35 އަހަރުގެ މުހައްމަދު ލިޓަން އަދިވެސް ފެނިފައެއް ނުވެއެވެ.

މި ދެމީހުންގެ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ފުލުހުން އާންމުކުރި މައުލޫމާތުގައިވާގޮތުން މިއީ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހުންނެވެ. ފުލުހުން ވަނީ މި މީހުން ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް