Advertisement
ކ. މާލެ
|
1 ޖެނުއަރީ 2023 | އާދީއްތަ 13:01
އައްބާސް އާދިލް ރިޒާ
އައްބާސް އާދިލް ރިޒާ
ރައީސް އޮފީސް
އައްބާސްގެ ބަންދުގެ މުއްދަތު
އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސްގެ ބަންދަށް އިތުރު 7 ދުވަސް
އޭނާ ހައްޔަރުކޮށްފައިވަނީ 25 ޑިސެމްބަރު 2022 ވީ އާދިއްތަ ދުވަހު
ޓްވިޓަރ މެދުވެރިކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް އިތުރު 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ 25 ޑިސެމްބަރު 2022 ވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށް، އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައެވެ.

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އަދި ބަދަލު ހިފުމުގެ މަސައްކަތް ފަށަން ފެންނަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭނާ މިގޮތަށް ޓްވީޓް ކުރެއްވީ އިންޑިއާ އައުޓް ހޭޝްޓެގް ބޭނުންކުރައްވައެވެ.

Advertisement

އޭރު އޭނާ 5 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އޮތީ އަމުރުކޮށްފައެވެ. އަދި މިހާރު އިތުރު 7 ދުވަހަށް އޭނާ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.

 އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ. މި މައްސަލަ ބަލާނެ ކަމަށް ފުލުހުން ވެސް ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް